3 ޑިސެންބަރު 2025 - 19:20 3
މުހައްމަދު ޝަހްޒާން
ޕޮލްކޯގެ ބޯޑުގައި ކުރިން ހިމެނުނު، ސުޕްރިޑެންޓް އޮފް ޕޮލިސް، އަބްދުލް މަތީން އަބްދުލްކަރީމް (ކ) އާއި ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް، އިބްރާހިމް ނަބީލް (ވ) --
3 ޑިސެންބަރު 2025 - 19:20 3
ރައްޔިތުންގެ މަޖިލީހުން ބެލި ޕޮލްކޯ މައްސަލައިގައި ފިޔަވަޅު އަޅަން ލަފާދޭން މާލިއްޔަތު ކޮމިޓީން ނިންމި ފުލުހުންގެ ތެރޭގައި އޭރު އެ ބޯޑުގައި ހިމެނުނު ދެ ފުލުހުންގެ ނަން ނެތްކަން އެނގިއްޖެ އެވެ.
މިދިޔަ ބުދަ ދުވަހު ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ރިކޮމެންޑޭޝަންތަކަކާއެކު ޕޮލްކޯގެ މައްސަލައިގައި ތައްޔާރުކުރި ރިޕޯޓު ފާސްކޮށްފަ އެވެ.
އެ ރިކޮމެންޑޭޝަންތަކުގެ ތެރޭގައި ޕޮލްކޯގެ ބޯޑުގައި ކުރިން ހިމެނުނު ފަސް ފުލުހަކަށް ފިޔަވަޅު އަޅަން ލަފާދޭން ވަނީ ހިމަނައިފަ އެވެ.
ޕޮލްކޯ މައްސަލައިގައި ސަސްޕެންޑުކުރަން ލަފާދޭން ކޮމިޓީން ފާސްކުރީ:
މަޖިލީހުން ބެލި ޕޮލްކޯގެ ކޮރަޕްޝަން މައްސަލަތަކާ ގުޅިގެން އެ ކުންފުނީގެ ކުރީގެ ބޯޑު މެންބަރުންނަށް ފިޔަވަޅު އަޅަން ފެންނަ ކަމަށް މާލިއްޔަތު ކޮމިޓީން ފާސްކުރި ނަމަވެސް، އެ ފަސް ބޭފުޅުންގެ އިތުރުން އަދި ދެ ފުލުހަކު އެ ބޯޑުގައި އޭރު ހިމެނުނެވެ. އެއީ:
ޕޮލްކޯގެ ކޮރަޕްޝަން މައްސަލަތަކާ ގުޅިގެން އެ ކުންފުނީގެ ކުރީގެ ބޯޑު މެންބަރުންގެ ތެރެއިން ބައެއް ފުލުހުންނަށް ފިޔަވަޅު އަޅަން ފެންނަ ކަމަށް ރިޕޯޓުގައި ހިމެނުމަށްފަހު ދެން ތިބި ދެ ފުލުހުންނަށް ފިޔަވަޅު އަޅަން ރިޕޯޓުގައި ނުހިމެނީ ކީއްވެ ކަމެއް ނޭނގެ އެވެ.
އެކަމާ ބެހޭގޮތުން ބަހެއް ހޯދުމަށް މާލިއްޔަތު ކޮމިޓީގެ މުގައްރިރު، އަދި މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމްއަށް ގުޅައި މެސެޖު ކުރުމުން މި ހަބަރު ޝާއިއުކުރުމާ ހަމައަށް ޖަވާބެއް ދެއްވައިފައެއް ނުވެ އެވެ.
ޕޮލްކޯގެ މައްސަލައިގެ އިތުރުން، މާލިއްޔަތު ކޮމިޓީން އެ މައްސަލަ ބަލަމުންދިޔައިރު، އެ ކޮމިޓީއަށް ވިސްލްބްލޯވަރަކު ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށް ބުނެ ކުރިއަށް ގެންދިޔަ ތަހުގީގަށްފަހު އެ ކޮމިޓީން ވަނީ އިތުރު ދެ ފުލުހަކަށް ވެސް ފިޔަވަޅު އަޅަން ލަފާދޭން ފާސްކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން ފިޔަވަޅު އަޅަން ލަފާދޭން ކޮމިޓީން ނިންމީ ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސް، ސުޕްރިޑެންޓް އޮފް ޕޮލިސް، އިސްމާއިލް ޝަމީމް އާދަމް އަށާއި އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ދާއޫދު އަށެވެ.
Comment