Advertisement

ލީޑިން ޓީޗަރެއްގެ ވަޒީފާ އިޔާދަކުރަން އެންގުމުން އެހެން ރަށަކަށް ބަދަލުކޮށްފި

3 ޑިސެންބަރު 2025 - 21:34 8

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެޑިއުކޭޝަން މިނިސްޓްރީ


ލީޑިން ޓީޗަރެއްގެ ވަޒީފާ އިޔާދަކުރަން އެންގުމުން އެހެން ރަށަކަށް ބަދަލުކޮށްފި

3 ޑިސެންބަރު 2025 - 21:34 8

ގއ. ގެމަނަފުށީ ސްކޫލްގެ ލީޑިން ޓީޗަރުގެ މަގާމުން ވަކިކުރި އަމާނުﷲ ގެ ވަޒީފާ އިޔާދަކުރަން ސިވިލް ސާވިސް ކޮމިޝަނުން އެންގުމުން ގދ. ވާދޫ ޖަމާލުއްދީން ސްކޫލަށް ވަގުތީގޮތުން ބަދަލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އަމާނުﷲ އަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނީ ވާދޫ ޖަމާލުއްދީން ސްކޫލަށް އޭނާ ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ އާދީއްތަ ދުވަހުން ފެށިގެން އޭނާ ރިޕޯޓްކުރަން ޖެހޭނީ އެ ސްކޫލަށް ކަމަށެވެ.

ގެމަނަފުށި ސްކޫލުގެ ލީޑިން ޓީޗަރުގެ މަގާމުން އަމާނުﷲ ވަކިކުރީ އޭޕްރިލް 7، ގަ އެވެ. އެ މައްސަލަ ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅީ އޭޕްރީލް 10، ގަ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ސެޕްޓެމްބަރު 22، ގައި ނިންމީ އަމާނުﷲ ލީޑިން ޓީޗަރުގެ މަގާމުން ވަކިކުރީ ލީޑިން ޓީވަރުންގެ ޒިންމާއިން ވަކިކުރެވިދާނެ ކަމަށް ބަޔާންކުރާ މިންގަނޑުތަކާ ހިލާފަށް ކަމަށެވެ.

އެއާއެކު އޭޕްރިލް 7، އިން ފެށިގެން ހިނގާ ދިޔަ މުއްދަތަށްވާ ލީޑިން ޓީޗަރުގެ އެލަވަންސް ދިނުމަށާއި އަދާކުރަމުންދިޔަ ލީޑިން ޓީޗަރުގެ ޒިންމާއަށް ރުޖޫއަށް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ސިވިލް ސާވިސް ކޮމިޝަނުން އެންގި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުހައްމަދު ޝިފާޒް އަދަދު އަށް ވިދާޅުވީ އަމާނުﷲ ވާދޫ ޖަމާލުއްދީން ސްކޫލަށް ވަގުތީ ގޮތުން ބަދަލުކުރީ އެ ސްކޫލުގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ ވާދޫ ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް މިވަގުތު މެޓާނިޓީ ލީވްގައި ހުރުމުން ދަތިތައް ދިމާވަމުންދާތީ އެތަނަށް އެންމެ ގާބިލު މީހަކީ އަމާނުﷲ ކަމަށް މިނިސްޓްރީއަށް ފެންނާތީ އެގޮތަށް މިނިސްޓްރީން އަމަލުކޮށް އެންގީ ކަމަށެވެ.