Advertisement

ފަހު ވަގުތު މޮޅުވެ ބަޔާނަށް ލީގުގެ އެއް ވަނައިގައި ރަނގަޅު ލީޑެއް

30 ނޮވެންބަރު 2025 - 09:08 0


ފަހު ވަގުތު މޮޅުވެ ބަޔާނަށް ލީގުގެ އެއް ވަނައިގައި ރަނގަޅު ލީޑެއް

30 ނޮވެންބަރު 2025 - 09:08 0

މިއުނިކް (ނޮވެމްބަރު 30) - ޖަރުމަނު ލީގުގައި ރޭ އިތުރު ވަގުތުގެ ތެރޭގައި ދެ ގޯލު ޖަހައިގެން އެސްޓީ ޕޯލީ އަތުން 3-1 އިން މޮޅުވި ބަޔާން މިއުނިކުން ލީގުގެ އެއް ވަނައިގައި ރަނގަޅު ލީޑެއް ނަގައިފި އެވެ.

ރޭގެ ނަތީޖާތަކާ އެކު، ބަޔާނުން ލީގުގެ އެއް ވަނައިގައި އޮތީ އަށް ޕޮއިންޓުގެ ލީޑަކާ އެކު، 12 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އާރްބީ ލައިޕްޒިގުން ރޭ ބޮރޫޝިއާ މުންޗެންގްލަޑްބެކާ 0-0 އިން އެއްވަރުވިއިރު، 12 މެޗުން ލިބިފައި އޮތީ 26 ޕޮއިންޓެވެ. ލީގުގެ ތިން ވަނަ އަށް ބޮރޫޝިއާ ޑޯޓްމަންޑުން ޖެހިލީ ހަތަރެެއްގައި އޮތް ބަޔާ ލެވަކޫސަން 2-1 އިން ބަލިކޮށްފަ އެވެ. ޑޯޓްމަންޑަށް 12 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ލެވަކޫސަންގެ އޮތީ 12 މެޗުން 23 ޕޮއިންޓެވެ. ފަސް ވަނައިގައި އޮތް ހޮފެންހައިމް އަށް ވެސް 12 މެޗުން 23 ޕޮއިންޓް ލިބިފައިވެ އެވެ.

އަމިއްލަ ދަނޑުގައި ރޭ ބަޔާނުން ކުޅުނު މެޗު ފަަށައިގެން އާދައިގެ ގޮތަކަށް ދިޔައިރު، ގިނަ ގޯސްތަކެއް ހެދި އެވެ. އޭގެއިން ތަނަވަސްކުރި ފުރުސަތެއްގައި ކުރި އެޓޭކެއްގައި މެޗުގެ ހަ ވަަނަ މިނިޓްގައި ޕޯލީގެ ލަނޑު ޖަހައިދިނީ އަންޑްރެއަސް ހޫންޓޮންޖީ އެވެ. ބަޔާނުން ފުރަތަމަ ހާފުގެ ފަހު މިނިޓްގައި އެއްވަރުކުރީ ރަފައެލް ގަރޭރޯ ޖެހި ގޯލުންނެވެ.

އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ބަޔާނުން ލީޑުނެގީ، ޔޯސުއާ ކިމިކް ނެގި ހުރަހަކުން ލުއިޒް ޑިއާޒް ބޮލުން ޖެހި ގޯލުންނެވެ. އަދި، އޭގެ ފަހުން ނިކޮލަސް ޖެކްސަން ވަނީ ކައުންޓަ އެޓޭކެއްގައި ބަޔާންގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.