Advertisement

ތޫފާން ޑިޓުވާ: ނުވަރަ އެލިޔާއަށް ދިޔަ ދިވެހި އާއިލާއެއްގެ ހަބަރެއް ނުވެގެން ހޯދަނީ

28 ނޮވެންބަރު 2025 - 16:34 0

ލަންކާގެ އެލާ


ތޫފާން ޑިޓުވާ: ނުވަރަ އެލިޔާއަށް ދިޔަ ދިވެހި އާއިލާއެއްގެ ހަބަރެއް ނުވެގެން ހޯދަނީ

28 ނޮވެންބަރު 2025 - 16:34 0

ނުވަރަ އެލިޔާއަށް ދިޔަ ދިވެހި އާއިލާއެއްގެ ހަބަރެއް ނުވެގެން ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ރިޕޯޓުކޮށްފި އެވެ.

ތޫފާން ޑިޓުވާގެ ސަބަބުން ލަންކާއަށް ބޮޑެތި ގެއްލުންތަކެއްވެ، 56 މީހުން މިހާތަނަށް މަރުވެފައިވާއިރު، ދިވެހި އެމްބަސީއިން ދަނީ ލަންކާގައި ދިރިއުޅޭ އާއިލާތަކުގެ ސަލާމަތީ ކަންކަން ގާތުން ބަލަމުންނެވެ.

ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު ވިދާޅުވީ ލަންކާއަށް ދިޔަ އާއިލާއެއްގެ ހަބަރެއް ނުވެގެން މާލެއިން ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އަދި އެކަން ވަރަށް ގާތުން މިހާރު ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އައިސްފައި އިނީ އެންމެ ރިޕޯޓެއް. އެއީ ދަތުރު ގޮސް ތަންކޮޅެއް ދުރުގައި ނޫރަލިޔާ ހިސާބުގައި ދަތުރުކުރެއްވި ފެމިލީއެއް. ހަބަރެއް ނުވެގެން މާލޭ ނަންބަރަކުން މިތަނަށް ގުޅުއްވާފައި އޮތް. އެބޭފުޅުންނާ އަޅުގަނޑުމެން ވެސް އެބަ ބަލަން ރީޗް ކުރެވޭތޯ. އަޅުގަނޑުމެންނަށް ވެސް ދެއްވާފައި އޮތް ނަންބަރަކުންނެއް ސާފުކޮށް ވީ ގޮތެއް ނޭގޭ،" އިމާދު ވިދާޅުވި އެވެ.

ލަންކާގައި ދިރިއުޅޭ އެއްވެސް ދިވެއްސަކު އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ 94761886666+ އަށް ގުޅުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން އެދެ އެވެ.

ތޫފާން ޑިޓުވާގެ އަސަރު ނުވަރަ އެލިޔާއަށް ވެސް ވަރަށް ބޮޑަށް އެބަ ކުރެ އެވެ. ހަބަރުތަކުގައި ބުނެފައި ވަނީ ބިންގަނޑު ކަނޑައިގެން ގޮސް މަގުތައް ބެދި ދާނެކަމުގެ އިންޒާރު ނުވަރަ އެލިޔާއަށް ނެރެފައިވާ ކަމަށެވެ.

އޭގެ އިތުރުން، ބޯ ވާރެއާއެކު ކޯރުތައް ބަންޑުންވެ، ވަރަށް ގިނަ ގެތައް ވަނީ ހަލާކުވެފަ އެވެ. އެ ހިސާބުގަނޑުގައި ދިރިއުޅޭ މީހުން ސަލާމަތް ކުރަން ލަންކާގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ތޫފާނުގެ ސަބަބުން ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކެ ވަނީ އާންމުންނަށް އެހީތެރިވެދިނުމަށް އެމަޖެންސީ އިންތިޒާމްތަކެއް ހަމަޖައްސައިދީފަ އެވެ. އަދި އެކަމަށް ބޭނުންވާ ފަންޑު ވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.