19 ފެބުރުވަރީ 2026 - 10:31 0
ލީވާން އަލީ ނާސިރު
19 ފެބުރުވަރީ 2026 - 10:31 0
ރަމަޟާން މަހު ޓްރީ ޓޮޕް ހޮސްޕިޓަލުގެ އައުޓްޕޭޝަންޓް ޑިޕާޓްމަންޓް (އޯޕީޑީ) އާއި އެހެނިހެން ބައިތަކުން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސް، އެ ގަޑިތައް އެ ހޮސްޕިޓަލުން އާންމުކޮށްފި އެވެ.
ޓްރީ ޓޮޕުން ބުނި ގޮތުގައި، ރޯދަ މަހު ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު އޯޕީޑީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެއީ؛
ކްލިނިކްތަކުގެ ގަޑިތަކަށް ބަދަލު އައި ނަމަވެސް، ހޮސްޕިޓަލުގެ އެމަޖެންސީ ރޫމް (އީއާރު) އިން 24 ގަޑިއިރު މެދުނުކެނޑި ފަރުވާގެ ޚިދުމަތް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ފަރުވާތަކުގެ ހިދުމަތްތަކާއި އެކު ރާއްޖޭގައި ސިއްހީ ފަރުވާ ދިނުމަށް އިސް ދައުރެއް އަދާކުރާ ޓްރީ ޓޮޕްގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.
Comment