Advertisement

ފަތުރުވެރިކަމަށް ކަނޑައަޅާ ސަރަހައްދުތަކުން ނަގާ ކުލި ކައުންސިލަށް ދެނީ

26 ނޮވެންބަރު 2025 - 09:17 0

ރާއްޖޭގެ ރަށެއްގައި ފަތުރުވެރިންތަކެއް ހަރަކާތްތެރިވަނީ:


ފަތުރުވެރިކަމަށް ކަނޑައަޅާ ސަރަހައްދުތަކުން ނަގާ ކުލި ކައުންސިލަށް ދެނީ

26 ނޮވެންބަރު 2025 - 09:17 0

ފަތުރުވެރިކަމުގެ ބޭނުމަށް ސަރުކާރުން ދޫކުރާ، ރަށްރަށުގެ އިހުތިސާސުގެ ދަށުގައިވާ ތަންތަނުން ނަގާ ކުލީގެ ފައިސާ އެ ރަށެއްގެ ކައުންސިލަކަށް ދޭންޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރަން ހުށަހަޅައިފި އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ، މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައަޅާ ކުއްޔަށް ދީފައިވާ ތަންތަނުން ސަރުކާރަށް ދައްކަންޖެހޭ ކުލި، ރަށު ކައުންސިލުގެ އާމުދަނީގެ ގޮތުގައި ހިމަނައި ކައުންސިލަށް ދޫކުރަންޖެހޭނެ ކަމަށެވެ.

ސަރުކާރުން ވަނީ ބައެއް ރަށްރަށުގެ ބޮޑެތި ސަރަހައްދުތައް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފަ އެވެ. އެ ތަންތަނުގެ ކުލި މިހާރު ލިބެނީ މައި ސަރުކާރަށެވެ. އެއިން އެއްވެސް ފައިސާއެއް ރަށު ކައުންސިލަކަށް ނުލިބެ އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން، ރަށްރަށުގެ ބިނާވެށީގެ ޕްލޭނާ އެއްގޮތަށް ފަތުރުވެރިކަމަށް ކަނޑައަޅާ ސަރަހައްދުތައް ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލަކުންނެވެ. ނަމަވެސް އެ ރަށެއްގެ އިހުތިސާސުގައި ހިމެނުނު ނަމަވެސް ފަޅުތަކާއި ފަޅު ރަށްތައް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރެވޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން، ފަތުރުވެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަޅުތަކާއި ފަޅުރަށްތަކުގެ ކުލީގެ ފައިސާގެ ފައިސާ ވެސް ދޭންޖެހޭނީ އެ ރަށެއްގެ ރަށު ކައުންސިލަށެވެ.

ސަރުކާރުގެ ފަރާތުން އެ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނެވެ.