Advertisement

އިންޑިއާގައި ހޯސްޓްކުރިޔަސް ޕާކިސްތާންގެ މެޗުތައް ކުޅޭނީ ލަންކާގައި

25 ނޮވެންބަރު 2025 - 22:16 0


އިންޑިއާގައި ހޯސްޓްކުރިޔަސް ޕާކިސްތާންގެ މެޗުތައް ކުޅޭނީ ލަންކާގައި

25 ނޮވެންބަރު 2025 - 22:16 0

ނިއު ދިއްލީ، އިންޑިއާ (ނޮވެމްބަރު 25) - އަންނަ އަހަރު ސްރީ ލަންކާ އާއި އިންޑިއާގައި ހޯސްްޓްކުރާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި، އިންޑިއާއާ ބައްދަލުކުރާ މެޗު ހިމެނޭ ގޮތަށް ޕާކިސްތާންގެ މެޗުތައް ލަންކާގައި ކުޅެން ނިންމައިފި އެވެ.

އަންނަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހުން ފެށިގެން މާޗް އަށް ވަނަ ދުވަހުގެ ނިޔަލަށް ޓީ20 ކްރިކެޓް ވޯލްޑް ކަޕް ހޯސްޓްކުރަނީ އިންޑިއާ އާއި ލަންކާގަ އެވެ.

ޖުމްލަ އެކު، 20 ޓީމު ވާދަކުރާ ޓީ20 ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ހިމެނެނީ، އިންޑިއާ، ޕާކިސްތާން، އެމެރިކާ، ނަމީބިއާ އަދި ނެދަލެންޑްސް އެވެ. ގްރޫޕް ބީގައި ހިމެނެނީ، އޮސްޓްރޭލިއާ، ސްރީ ލަންކާ، ޒިމްބާބްވޭ، އޮމާން އަދި އަޔަލެންޑް އެވެ. ގްރޫޕް ސީގައި، މުޅިން އަލަށް ވޯލްޑް ކަަޕަށް ކޮލިފައިވި އިޓަލީން ވާދަކުރާނީ ނޭޕާލާއި ބަންގްލަދޭޝާއި ވެސްޓް އިންޑީސް އަދި އިންގްލެންޑް އެވެ. އަދި، ގްރޫޕް ޑީގައި ހިމެނެނީ، ނިއު ޒީލެންޑާއި ދެކުނު އެފްރިކާ، އަފްގާނިސްތާން، ކެނަޑާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އެވެ.

އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާ އިން ޕާކިސްތާނާ އެއް ގްރޫޕެއްގައި ހިމެނުނު ނަމަވެސް، ފެބްރުއަރީ 15 ވަނަ ދުވަހު، ޕާކިސްތާނާ ކުޅޭ މެޗު އޮންނާނީ ލަންކާގެ ކޮލަމްބޯގަ އެވެ. އެއީ، އިންޑިއާއާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާތީ ޕާކިސްތާންގެ އެއްވެސް މެޗެއް އިންޑިއާގައި ކުޅެން ބޭނުންނުވާތީ އެވެ.

މިހާރު އޮތް ގޮތުން، އަންނަ މާޗް މަހު އަށް ވަނަ ދުވަހު މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަހުމަދުއާބާދުގެ ނަރެންދުރަ މޯދީ ސްޓޭޑިއަމްގަ އެވެ. އެހެން ނަމަވެސް، މުބާރާތުގެ ފައިނަލަށް ޕާކިސްތާން ދަތުރުކޮށްފިނަަމަ، ފައިނަލް މެޗު ކުޅޭނީ ކޮލަމްބޯގަ އެވެ.

އެންމެ ފަހުން ޓީ20 ވޯލްޑް ކަޕް އޮތީ މިދިޔަ އަހަރު ވެސްޓް އިންޑީސްގަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާ އިން ހޯދިއިރު، މިއީ، އެ ޓީމަށް 17 އަހަރު ތެރޭ ޓީ20 ވޯލްޑް ކަޕް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އިންޑިއާ އިން އެ ތަށި ހޯދައިދިން ކެޕްޓަން، ރޯހިތު ޝަރްމާ، މި ފޯމެޓުގެ ޓީމުން ރިޓަޔާކޮށްފައިވާއިރު، އަންނަ އަހަރުގެ މުބާރާތުގެ އެމްބަސަަޑަރަކީ އޭނަ އެވެ.