25 ނޮވެންބަރު 2025 - 15:15 0
ލީވާން އަލީ ނާސިރު
މާކިއުރީގެ V10 ސީޕްރޯ 350 ހޯސްޕަވަރުގެ އިންޖީނު ދައްކާލަނީ.
25 ނޮވެންބަރު 2025 - 15:15 0
ދިވެހި ކަނޑުތަކަށް އާ ބާރެއް ގެނުވައިފި އެވެ. އެއީ ހަސަން މެރިން އިން ވިއްކާ މާކިޔުރީގެ ވީ10 ސީޕްރޯ 350 އެވެ. އައުޓު ބޯޓު މި އިންޖީން ގަލްފްޓު ކްރާފްޓުގެ، މަޝްހޫރު ޓުއަރިން 48 ވީއައިވީ ސްޕީޑް ބޯޓުގައި އަޅައި، މިދިޔަ ހަފުތާގައި ވަނީ އޭގެ ކުޅަދާނަކަން ދައްކާލައިފަ އެވެ.
އެ ރަސްމިއްޔާތުގައި ހަސަން މެރިން އިންޖިނިއަރިން ސޮލިއުޝަންސްގެ މެނޭޖިން ޑިރެކްޓަރު ހަސަން ހަލީމް އާއި ގަލްފް ކްރާފްޓް މޯލްޑިވްސްގެ އެގްޒެކެޓިވް މެނޭޖަރު މުހައްމަދު ޖުމާ، އަދި މާކިޔުރީ މެރިން އޭޝިއާގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު ޒާވީ ލިއޯ ބައިވެރިވި އެވެ.
ރަސްމިއްޔާތަށް ފަހު ގަލްފް ކްރާފްޓްގެ އުޅަނދުގައި މާކިއުރީ V10 ސީޕްރޯ 350 ހޯސްޕަވާ އިންޖީނު އެޅި ޓުއަރިން 48 ވީއައިވީ ސްޕީޑް ބޯޓުގައި ތަޖުރިބާ ދަތުރެއް ކުރި އެވެ.
މާކިޔުރީ V10 ސީޕްރޯ 350 އަކީ ކަނޑުދަތުރުފަތުރުގެ ދާއިރާއަށް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ފަރުމާކުރެވިފައިވާ އިންޖީނެކެވެ. މިއީ ބާރު ދުވެލި ނެގޭނެ ގާބިލުކަން ހުރި، ދުރު ރާސްތާއަށް ދުއްވުމަށް ވަރުގަދަ އިންޖީނެކެވެ. މިއީ ރިސޯޓްތަކަށާއި ޓްރާންސްފާ އޮޕަރޭޓަރުންނަށް އަދި ފެރީކުރާ ފަރާތްތަކަށް ވެސް ދަތުރު ކުރެވެ، ހަރަދު ކުޑަވާނެ އިންޖީނެކެވެ.
މާކިއުރީ V10 ސީޕްރޯ ސީރީޒްއަކީ ވަރުގަދަ ދެމެހެއްޓެނިވި ގޮތެއްގައި ތެޔޮ ހަރަދު ކުޑަކޮށް، ލޯޑު ކެރީ ކުރުމުގެ ކެޕޭސިޓީއާއެކު ކޮމާޝަލް ދަތުރުތަކަށް ފުރިހަމަ އިންޖީނެއް ކަމަށް ހަސަން މެރިންއިން ބުންޏެވެ.
ހަސަން މެރިން ސޮލިއުޝަންއަކީ ރާއްޖޭގެ ކުއިކްސިލްވާ މެރިން، މަލްޓިފްލެކްސް، އަކުއާ މެރީނާ، އެންޖީކޭ، ތޯޑޮން، އަޓްވުޑްގެ އޮފިޝަލް ޑިސްޓްރިބިއުޓަރެވެ.
Comment