Advertisement

މާކިއުރީ ވީ10 އިންޖީނު އެޅި އުޅަނދެއްގައި ދަތުރުކޮށްލަން ވަރަށް އަރާމު

11 ޖުލައި 2024 - 09:46 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހަސަން މެރިންއިން އަލަށް މާކެޓަށް ނެރުނު ވީ10 އިންޖީނު: އެ އިންޖީނަކީ އަޑު މަޑު އަދި އުޅަނދަށް ލޯޑު ކުޑަ އިންޖީނެއް ކަމަށް ހަސަން މެރިންއިން ބުނޭ --


މާކިއުރީ ވީ10 އިންޖީނު އެޅި އުޅަނދެއްގައި ދަތުރުކޮށްލަން ވަރަށް އަރާމު

11 ޖުލައި 2024 - 09:46 0

ހަސަން މެރިންއިން ރާއްޖޭގެ މާކެޓަށް މުޅިން އަލަށް ތައާރަފްކުރި މާކިއުރީ ބްރޭންޑުގެ ވީ10 އިންޖީނަކީ ރާއްޖޭގައި މިހާތަނަށް ބޭނުންކުރާ 10 ސިލިންޑަރުގެ ފުރަތަމަ އިންޖީނެވެ.

ރިސޯޓު މާކެޓާއި ފެރީ ދަތުރުތަކަށް ހާއްސަކޮށްގެން ތައާރަފްކުރި އެ އިންޖީނަކީ އުޅަނދުތަކުގެ ލޯޑު ހިފަހައްޓާވަރުގެ ވަރުގަދަ އިންޖީނެކެވެ.

އެ އިންޖީނުގެ އަރާމުކަމަކީ އުޅަނދު ދުއްވާފައި ދާއިރު ޖެހިގެން ހުންނަ މީހާއާ ވެސް ވާހަކަ ދައްކާލެވޭހާ އަޑުމަޑު ވުމެވެ. އަދި ލޯޑު ބޮޑުވާ ފެކްޓާސްތަކެއް އެ އިންޖީނުގައި ނެތުމުން، އުޅަނދު ލަގެޖުން ބަރުވިޔަސް އިންޖީނަށް ބަރުކަން އިހުސާސެއް ނުކުރެވެ އެވެ.

ހަސަން މެރިންގެ ޖެނެރަލް ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރު މަހްމޫދު ޒިޔާއު "އަދަދު" އަށް ވިދާޅުވީ އެ އިންޖީނު ގެންގުޅެނީ އެންމެ ހައި ހޯސްޕަވާއަކަށް 350 އަދި 400 އަށް ކަމަށާއި 38 ފޫޓުގެ ބޯޓެއްގައި އިންޖީނު އެޅުވިޔަސް ބޯޓަށް ލޯޑު ބޮޑު ނުވާނެ ކަމުގެ ޔަގީންކަން އޮންނާނެ ކަމަށެވެ.

"އާންމުކޮށް ރާއްޖޭގައި މިއުޅެނީ ހަ ސިލިންޑަރު ނުވަތަ އަށް ސިލިންޑަރުގެ އިންޖީނު. 10 ސިލިންޑަރުގެ އިންޖީނު މި ތައާރަފްކުރީ ރާއްޖެއަކީ ދަތުރުފަތުރަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށްވާތީ އިންޖީނުގެ ޑިއުރަބިލިޓީއާއި އެފިޝިއަންސީ ރަނގަޅުވެފައި ފިއުލް ކޮންސަމްޕްޝަން ކުޑަވީމަ،" ޒިޔާއު ވިދާޅުވި އެވެ.

އެ އިންޖީނުގެ އިތުރުން މާކިއުރީގެ ހުރިހާ އިންޖީނަކަށް އެއް އަހަރުގެ ވޮރެންޓީ ނުވަތަ 1،000 ގަޑިއިރުގެ ވޮރެންޓީ މުއްދަތެއް ދޭނެ ކަމަށެވެ.

ހަސަން މެރިންގެ ދެ އައުޓްލެޓެއް މާލޭގައި ހުރެ އެވެ. އެއީ މާފަންނު އިއްޒުއްދީން މަގުގެ އިތުރުން ޓީ ޖެޓީ ސަރަހައްދު ރައިވެރިން ޕާކުގައި ހުންނަ އައުޓްލެޓެވެ.

މެރިން އިންޑަސްޓްރީގެ އެކި ކަންކަމަށް ސޮލިއުޝަންސްތަކަށް ގެނެސްދޭ ހަސަން މެރިންއަށް ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް އަދި ފިހާރައަށް ގޮސްގެން އިންޖީނުތަކާއި ސްޕެއާތަކާ ބެހޭ މައުލޫމާތު ލިބޭނެ އެވެ.

މާކިއުރީގެ ރާއްޖޭގެ އޮތޮރައިޒްޑް ސޭލްސް އެންޑް ސާވިސް ޑިސްޓްރިބިއުޓާ ހަސަން މެރިން އަކީ ރާއްޖޭގެ ކުއިކްސިލްވާ މެރިން، މަލްޓިފްލެކްސް، އަކުއާ މެރީނާ، އެންޖީކޭ، ތޯޑޮން، އަޓްވުޑްގެ އޮފިޝަލް ޑިސްޓްރިބިއުޓަރެވެ.