Advertisement

މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ މީހުން އިސްލާމް ދީނުގެ ހުދޫދުން ބޭރުނުވާން މުއިއްޒު ގޮވާލައިފި

21 ނޮވެންބަރު 2025 - 19:35 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ މީހުން އިސްލާމް ދީނުގެ ހުދޫދުން ބޭރުނުވާން މުއިއްޒު ގޮވާލައިފި

21 ނޮވެންބަރު 2025 - 19:35 0

މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ މީހުން އިސްލާމް ދީނުގެ ހުދޫދުން ބޭރުވާ ގޮތަށް އެއްވެސް ކަމެއް ނުކުރަން މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

މުއިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފިލްމީ ދާއިރާގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުން އިސްލާމްދީނުގެ ހުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރުމަށް އެދޭ ކަމަށެވެ.

"ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާއެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް އަޅުގަނޑުމެން ވުމަކީ މިގައުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ އަގުހުރި ހިދުމަތް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަމަލުތައް ބެހެއްޓުމަކީ ދިވެހިން އުފަލާއެކު ކުރަން ޖެހޭ ކަމެއް ކަމަށާއި މުސްލިމުންގެ ސަގާފަތާއި ހިލާފު ކަންކަމާ ދުރުވާން ޖެހޭ ކަމަށެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގެ މީހުންނަށް އަމާޒުކޮށް މުއިއްޒު މިގޮތަށް ވިދާޅުވީ ރޭ ޕްރިމިއާކުރި ދިވެހި ފިލްމަށް ދިޔަ ފިރިހެނަކު ލައިގެން ހުރި ހެދުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަ ދަނޑިވަޅެއްގަ އެވެ.

އެ ފިލްމު ޕްރިމިއާކުރި ފަރާތުން ބުނެފައިވަނީ އިޖުތިމާއީ މިންގަނޑާ ހިލާފު ހެދުން ލައިގެން އަންނަން ހިތްވަރު ނުދޭ ކަމަށެވެ. ރޭގެ ޕްރިމިއާ ނައިޓަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ދިޔައީ "މޯލްޑިވިއަން ރޯޔަލް ވިތު އަ މޮޑާން ޓަޗް" ތީމްގައި ކަމަށެވެ.