Advertisement

އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަކީމީ އަށް

20 ނޮވެންބަރު 2025 - 08:33 0


އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަކީމީ އަށް

20 ނޮވެންބަރު 2025 - 08:33 0

ރަބަތު، މޮރޮކޯ (ނޮވެމްބަރު 20) - އެފްރިކާގެ ފުޓްބޯޅަ ފެޑެރޭޝަން (ކާފް) އިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މޮރޮކޯގެ ފުލްބެކް، އަޝްރަފް ހަކީމީ އަށް ލިބިއްޖެ އެވެ.

ޕީއެސްޖީ އަށް ކުޅެމުން އަންނަ ހަކީމީ މި މަގާމު ހޯދިއިރު، އޭނާއާ ވާދަކުރީ ލިވަޕޫލްގެ މިސްރު ފޯވާޑް، މުހައްމަދު ސަލާހު އަދި ގަލަތަސަރާއި އަށް ކުޅޭ ނައިޖީރިއާގެ ފޯވާޑް، ވިކްޓަ އޮސީމެން އެވެ.

އުމުރުން 27 އަހަރުގެ ހަކީމީ އަކީ 1998 ވަނަ އަހަރަށް ފަހު އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މިސްރުގެ ފުރަަތަމަ ކުޅުންތެރިޔާ އެވެ. އެ ފަހަރު އެފްރިކާގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޮރޮކޯގެ ލެެޖެންޑް މުސްތަފާ ހާޖީ އެވެ. ހަކީމީ ވަނީ އެފްރިކާގެ ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި، 2023 އާއި 2024 ވަނަ އަހަރު ހިމެނިފަ އެވެ.

ރޭގެ އެވޯޑް ހަފްލާ އަށް ހަކީމީ އަައީ ލިބިފައިވާ އަނިޔާ އަށް ފަރުވާ ހޯދުމަށް ޕްރޮޓެކްޓިކް ބޫޓަށް އަރައިގެންނެވެ. ހަކީީމީގެ ފައިގެ ކުޑަހުޅަށް ވަނީ ސީރިއަސް އަނިޔާއެއް ލިބިފަ އެވެ. އެކަަމަކު، އަންނަ މަހު ފަށާ އެފްރިކަން ކަޕަށް އޭނާ ފިޓްވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ރެއާލް މެޑްރިޑާއި ބޮރޫޝިއާ ޑޯޓްމަންޑް އަދި އިންޓަ މިލާނަށް ކުރިން ކުޅުނުު ހަކީމީގެ ކެރިއަރުގައި މިދިިޔަ ސީޒަން ހާއްސަ އެވެ. އޭނާ ވަނީ ޕީއެސްޖީއާ އެކު، ފްރާންސްގެ ހުރިހާ މުބާރާތެއްގެ އިތުރުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

އެފްރިކާގެ އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވުނީ މޮރޮކޯގެ ކެޕްޓަން، ގިޒްލާނޭ ޝެބާކް އެވެ. އޭނާއާ ވާދަކުރީ ނައިޖީރިއާގެ ރަޝީދަތު އަޖިބާދޭ އާއި މޮރޮކޯގެ ސަނާ އެމްސޫދީ އެވެ.