Advertisement

އެފްކޮން: މާނޭގެ ގޯލުން މިސްރު ކަޓުވާލައި ސެނެގާލުން ފައިނަލުގައި މޮރޮކޯއާ ދެކޮޅަށް

about 2 hours 0


އެފްކޮން: މާނޭގެ ގޯލުން މިސްރު ކަޓުވާލައި ސެނެގާލުން ފައިނަލުގައި މޮރޮކޯއާ ދެކޮޅަށް

about 2 hours 0

ރަބަތު (ޖެނުއަރީ 15) - ސަޑިއޯ މާނޭ ޖެހި ހަމައެކަނި ގޯލުން 1-0 އިން މިސްރު ކަޓުވާލައި ސެނެގާލުން އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައި، މުބާރާތް ބާއްވާ ގައުމު، މޮރޮކޯއާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.

މިސްރު އަތުން ސެނެގާލް މޮޅުވި ގޯލު މެޗުގެ 78 ވަނަ މިނިޓްގައި މާނޭ ކާމިޔާބުުކުރިއިރު، މިއީ ވާދަވެރިކަން ބޮޑުކޮށް ފެނިގެންދިޔަ މެޗެކެވެ. މިސްރުގެ ތަރި މުހައްމަދު ސަލާހު އާއި އެ ޓީމުގެ އެޓޭކް ހިފެހެއްޓުމުގައި ސެނެގާލްގެ ޑިފެންޑަރުން ޖުމްލަ ގޮތެއްގައި މި މެޗުގައި ރަނގަޅު ކުޅުމެއް ވަނީ ދައްކައިފަ އެވެ.

މިއީ، މިސްރު އަތުން މުހިންމު މެޗެއްގައި ނުކުމެ، ސެނަގާލުން މި ފަހުގެ ތާރީހުގައި ހޯދި ތިން ވަނަ މޮޅެވެ. މީގެ ކުރިން، 2021 ވަނަ އަހަރުގެ އެފްރިކަން ކަޕް ފައިނަލާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޕްލޭއޮފްގައި މިސްރު އަތުން ޕެނަލްޓީ ޖަހައިގެން ސެނަގާލް ވަނީ މޮޅުވެފަ އެވެ.

އަނެއް ސެމީ ފައިނަލުގައި، ނައިޖީރިއާ އާއި މޮރޮކޯ ކުޅުނު މެޗުގެ ފުރިހަަމަ ވަގުތުގައި 0-0 އިން އެއްވަރުވެ، ނަތީޖާ ނުނެރެވިގެން ޖެހުނީ ޕެނަލްޓީ އަށް ދާށެވެ. މޮރޮކޯ އިން 2004 ގެ ފަހުން ފުރަތަމަ ފަހަރަށް އެފްރިކަން ކަޕް ފައިނަލަށް ގެންގޮސްދިނުމުގައި ތަރި އަކީ އެ ޓީމުގެ ގޯލްކީޕަރު، ޔާސީން ބޯނޯ އެވެ.

ބޯނޯ ވަނީ ނައިޖީރިއާގެ ސެމިއުލް ޗުކުވޭޒީ އާއި ބްރޫނޯ އޮންޔެމައޭޗީގެ ޕެނަލްޓީތައް މަތަކޮށްފަ އެވެ. ނައިޖީރިއާ އިން ޕެނަލްޓީ ވައްދާލީ ޕޯލް އޮނުއާޗޫ އާއި ފިސާޔޯ ޑެލޭ-ބަޝީރު އެވެ. މޮރޮކޯގެ ހަމްޒާ އިގަމާނޭ އަތުން ޕެނަލްޓީ ބޭކާރުވިއިރު، އެ ޓީމުގެ އެލް އައިނޫއީ، ބެން ސެގީރު، އަޝްރަފް ހަކީމީ އަދި ޔޫސުފް އެން ނެސީރީ ވަނީ ޕެނަލްޓީ ވައްދާލައިފަ އެވެ.

މިސްރާއި ނައިޖީރިއާ ކުޅޭ ތިން ވަނަ ހޮވާ މެޗު ހޮނިހިރު ދުވަހު އޮތްއިރު، ސެނެގާލް އާއި މޮރޮކޯގެ ފައިނަލް އޮތީ އާދިއްތަ ދުވަހު އެވެ.