Advertisement

ދިއްލީގައި ބޮން ގޮއްވި މައްސަލައިގައި ހައްޔަރު އެއް ޑޮކްޓަރު ރާއްޖޭގައި ތިން އަހަރު މަސައްކަތް ކުރި

18 ނޮވެންބަރު 2025 - 13:46 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ޑރ. ޕަރްވޭޒް އަހުމަދު


ދިއްލީގައި ބޮން ގޮއްވި މައްސަލައިގައި ހައްޔަރު އެއް ޑޮކްޓަރު ރާއްޖޭގައި ތިން އަހަރު މަސައްކަތް ކުރި

18 ނޮވެންބަރު 2025 - 13:46 2

އިންޑިއާގެ ވެރި ރަށް ދިއްލީގައި ކާރެއްގައި ހަރުކޮށްފައި އިން ބޮމެއް ގޮއްވާލައިގެން ދިން ޓެރަރިސްޓު ހަމަލައިގެ މައްސަލައިގައި ހައްޔަރު ކުރި ޑޮކްޓަރަކު ރާއްޖޭގައި ތިން އަހަރު މަސައްކަތް ކުރި ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

ބޮން ގޮއްވީ ނޮވެމްބަރު 10، ގައި ދިއްލީގެ ރެޑް ފޯޓް ހިސާބުގަ އެވެ. އެއީ ފަތުރުވެރިން ވަރަށް ގިނަ އަދަދަކަށް ޒިޔާރަތް ކުރާ އާސާރީ ތަނެއް ހިމެނޭ ސަރަހައްދެކެވެ. އެ ހާދިސާގައި 14 މީހަކު މަރުވެ، އިތުރު 40 މީހަކު ވަނީ ޒަހަމްވެފަ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރި އިންޓާގްރަލް ޔުނިވާސިޓީ އޮފް ލަކްނޯގެ އެސިސްޓަންޓް ޕްރޮފެސަރެއްގެ މަގާމު އަދާކުރަމުންދިޔަ ޑރ. ޕަރްވޭޒް އަންސާރީ ވަނީ 2021 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ތިން އަހަރު މަސައްކަތްކޮށްފަ އެވެ.

ޕަރްވޭޒް ރާއްޖޭގައި ހުރި ދުވަސްވަރު، ޓެރަރިސްޓެއް ކަމަށް ބެލެވޭ އިތުރު މީހަކު ރާއްޖެ އައިތޯ ވެސް ދަނީ ބަލަމުންނެވެ. އޭނާ މަސައްކަތް ކުރި ތަނެއް ނޫސްތަކުގައި ބުނެފައެއް ނުވެ އެވެ. ޕަރްވޭޒްއަކީ ހަމަ އެ މައްސަލައިގައި ހައްޔަރު ކުރި ޑރ. ޝާހީން ޝާހިދުގެ ބޭބެ އެވެ.

ޕަރްވޭޒް ރާއްޖޭގައި މަސައްކަތް ކުރިއިރު ބައްދަލު ކުރި މީހުންނާއި ބައިނަލްއަގުވާމީ އިންޓެލިޖެންސް އިދާރާތަކުން މޮނީޓާ ކުރަމުންދިޔަ އެއްވެސް މީހަކާ އޭނާ ބައްދަލު ކުރިތޯ ތަހުގީގު ތެރެއިން ބަލާނެ ކަމަށް ނޫސްތަކުން ބުނެ އެވެ.

ބޮން ގޮއްވާލީ ރިމޯޓެއް ބޭނުންކޮށްގެން ކަމަށްވެ އެވެ. ބޮން ގޮއްވާލީ ޑރ. ޝާހީން ކަމަށް ބެލެވެ އެވެ. ޝާހީން އާއި އޭނާގެ ބައިވެރިން ހަރަކާތްތެރިވަމުންދިޔަ ޓެރަރިސްޓު ސެލްއަށް ނޫސްތަކުން ދީފައިވާ ނަމަކީ "ވައިޓް ކޮލާ ޓެރާ މޮޑިއުލް" އެވެ. އެ ސެލްއަށް ޕަރްވޭޒް ރެކްރޫޓު ކުރީ ޝާހިން ކަމަށް ނޫސްތަކުން ބުނެ އެވެ.

އެންޑީޓީވީގައި ލިޔުނު ހަބަރެއްގައި ބުނެފައި ވަނީ އޭނާ ހަރަކާތްތެރިވި ޓެރަރިސްޓު ސެލްއަށް މީހުން ރެކްރޫޓު ކުރަން ޕަރްވޭޒް ވެސް މަސައްކަތްކޮށްފައިވާ ކަމަށެވެ.