Advertisement

ފަލަސްތީނުގެ ހައްގު ކަށަވަރުކޮށްނުދެނީ އެއްވެސް ރަހުމެއް ނެތުމުން: ގާޑިއޯލާ

18 ނޮވެންބަރު 2025 - 10:13 1


ފަލަސްތީނުގެ ހައްގު ކަށަވަރުކޮށްނުދެނީ އެއްވެސް ރަހުމެއް ނެތުމުން: ގާޑިއޯލާ

18 ނޮވެންބަރު 2025 - 10:13 1

ކަޓަލޫނިއާ، ސްޕެއިން (ނޮވެމްބަރު 18) - ފަލަސްތީނަށް އަރައި އިޒްރޭލުން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތައް ހުއްޓުވުމުގައި ދުނިޔެ ފެއިލްވެފައިވާ ކަމަށާއި ފަލަސްތީނުގެ މީހުންގެ ހައްގު ކަށަވަރުނުކޮށްދެނީ އެއްވެސް ރަހުމެއް ނެތުމުން ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ފަލަސްތީން ގައުމީ ފުޓްބޯޅަ ޓީމުން ސްޕެއިންގައި އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް މިހާރު ތިބީ އެ ގައުމުގަ އެވެ. ސްޕެއިންގެ މައި ފުޓްބޯޅަ ފެޑެރޭޝަނާ ގުޅުމެއް ނެތް މި ދެ މެޗު، ފީފާ އިންޓަނޭޝަނަލް ބްރޭކުގައި ފަލަސްތީނުން ކުޅޭނީ ބިލްބާއޯގެ ބަސްކޭ ޓީމާއި ބާސެލޯނާގެ ކަޓަލޫނިއާ ޓީމާ ދެކޮޅަށެެވެ.

އެ ގޮތުން، 50،000 އަށް ވުރެން ގިނަ ސަޕޯޓަރުން ވަތް މެޗުގައި، ބަސްކޭ ޓީމުން އާދިއްތަ ދުވަހު ވަނީ ފަލަސްތީން އަތުން 3-0 އިން މޮޅުވެފަ އެވެ. ފަލަސްތީނުގެ ދެ ވަނަ މެޗުގައި، މިރޭ ކަޓަލޫނިއާ ޓީމާ ކުޅޭއިރު، މި މެޗަށް 27000 ޓިކެޓަށް ވުރެން ގިނައިން ވަނީ ވިކިފަ އެވެ. މި މެޗުތަކުން ލިބޭ ފައިސާ ފަލަސްތީނުގެ ކޭމްޕްތަކަށް ހަދިޔާކުރަން ވަނީ ނިންމައިފަ އެވެ.

މިރޭގެ މެޗާ ގުޅޭގޮތުންނާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ގާޑިއޯލާ ވަނީ އިންޓަވިއުއެއް ދީފަ އެެވެ. މީގެ ކުރިން ވެސް ގާޑިއޯލާ ވަނީ އެކި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފަލަސްތީނުގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.

ބަސްކޭ ޓީމާ ދެކޮޅަށް ފަލަސްތީނުން ކުޅުނު މެޗުގެ ތެރެއިން.


ސްޕެއިނުގެ އާރްއޭސީ1 އަށް ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުނީ، ދުނިޔޭގެ ގިނަ ބަޔަކު ފަލަސްތީނުގެ މަތިން ހަނދާން ނުކުރުމަކީ އަނިޔާއެއް ކަމަށެވެ.

"ދުނިޔޭން ފަލަސްތީނު މަތިން ހަނދާން ނައްތާލައިފިހެން ކަންކަން އޮތީ، އަހަރެމެންނަށް ކުރެވުނު އެއްވެސް ކަމެއް ނެތް. ފަލަސްތީނު މީހުންގެ ކުށެއް ނޫން އެ ތަނަށް އެ މީހުން އުފަންވުމަކީ، އަހަރެން މި ތިބީ ތަނެއް ނެތިކޮށްލަން ދެން ބަލަހައްޓައިގެން. ގައްޒާގައި އެ ހިނގާ ލާއިންސާނީ އަމަލުތަކުގެ ދިފާއުގައި ވާހަކަ ދެއްކޭނެ އެކަކު ވެސް ހުންނާނެ ކަމަށް އަހަންނެއް ގަބޫލެއް ނުކުރަން. އަހަރެމެންގެ ދަރިން ވެސް ތަނަށް އުފެންވެފައި ހުރިނަމަ މަރުވާނެ. އަހަންނަށް އޮތީ ގައުމުތަކުގެ ލީޑަރުންނަށް ވަރަށް ކުޑަ އުންމީދެއް، ބާރުގައި ހުންނަން އެ މީހުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ،" ގާޑިއޯލާ ބުންޏެވެ.

އިޒްރޭލުން ފަލަސްތީނަށް އަރައި ދެމުން އަންނަ ގެއްލުންތައް ހުއްޓުވަން ކުރާ މަސައްކަތުގައި އެކި ގައުމުތަކުގެ އާންމުން އެ ގައުމެއްގެ ސަރުކާރަށް ޕްރެޝަރުކުރަންޖެހޭ ކަމަށް މީގެ ކުރިން ގާޑިއޯލާ ވަނީ ބުނެފަ އެވެ.