Advertisement

ހަ މަސްދުވަހުގެ ތެރޭގައި 15 ރަށެއްގައި ސީޓީ ސްކޭން ހިދުމަތް ދޭން ފަށަން މުއިއްޒު ވައުދުވެއްޖެ

17 ނޮވެންބަރު 2025 - 22:52 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މި މަހުގެ 14 ވަނަ ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


ހަ މަސްދުވަހުގެ ތެރޭގައި 15 ރަށެއްގައި ސީޓީ ސްކޭން ހިދުމަތް ދޭން ފަށަން މުއިއްޒު ވައުދުވެއްޖެ

17 ނޮވެންބަރު 2025 - 22:52 1

ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ 15 ރަށެއްގައި ސީޓީ ސްކޭންގެ ހިދުމަތް ދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ 15 ރަށެއްގައި ސީޓީ ސްކޭންގެ ހިދުމަތް ދެން ފެށުމާއެކު ރާއްޖޭގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލަކުން އެމްއާރުއައިގެ ހިދުމަތް ވެސް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މަސައްކަތް ފަށާފައި މިވަނީ ވަރަށް އަވަހަށް ތަކެތި އޯޑަރު ކުރެވިގެން، ސީޓީ ސްކޭންގެ ހިދުމަތް، އިމާރާތުގެ ގޮތުންނާއި ވަސީލަތުގެ ގޮތުން ގާއިމު ކުރުމަށް 15 ރަށެއް އެންމެ ފެންވަރު ރަނގަޅުކޮށް، 15 ރަށެއްގައި ސީޓީ ސްކޭންގެ ހިދުމަތް ގާއިމު ކުރުމުގެ މަސައްކަތް، އެހެންވީމާ ހަމަޖެހިގެންދާނެ، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި 15 ރަށެއްގައި،" މުއިއްޒު ވިދާޅުވި އެވެ.

އޭގެއިތުރުން ރާއްޖޭގެ ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ހަ ރަށެއްގައި ޑީކޮމްޕްރެޝަން ޗެމްބަރު ވެސް ބަހައްޓާނެ ކަމަށް މުއިއްޒު މިރޭ ވިދާޅުވި އެވެ.

ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ހަ ރަށެއްގައި ޑީކޯ ޗެމްބަރު ބަހައްޓާނެ ކަމަށް މުއިއްޒު މިރޭ ވިދާޅުވި ނަމަވެސް، މީގެ ކުރިން، މިދިޔަ ސެޕްޓެމްބަރު މަހު ތ. ގުރައިދޫގައި ޑީކޯ ޗެމްބަރެއް ހުޅުވުމަށްފަހު އެ ރަށުގައި ހުންނަވައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޖެނުއަރީ މަހުގެ ނިިޔަލަށް ހަ ރަށެއްގައި ޑީކޯ ޗެމްބަރުތައް ބަހައްޓާނެ ކަމަށެވެ.

ޑީކޯ ޗެމްބަރުތައް ގާއިމުކުރަން ސަރުކާރުން ނިންމާފައި ވަނީ މާލެއާއި އައްޑޫއާއި ފުވައްމުލައް އަދި އއ. ރަސްދޫ އާއި ގއ. ވިލިނގިލީގަ އެވެ.