Advertisement

ވާނުވާ ބަންދުގެ ވާހަކަ މުއިއްޒު ދައްކަވަނީ ވާނުވާ ނޭނގި: ޔާމީން

14 ނޮވެންބަރު 2025 - 10:05 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ވާނުވާ ބަންދުގެ ވާހަކަ މުއިއްޒު ދައްކަވަނީ ވާނުވާ ނޭނގި: ޔާމީން

14 ނޮވެންބަރު 2025 - 10:05 0

ތަހުގީގަށް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދު ކުރުން ނުވަތަ "ވާނުވާ ބަންދު" ގައި ބެހެއްޓުމަކީ "މުސީބާތަކަށް ވެފައިވާ ކަމެއް" ކަމަށާއި، އެ ވާހަކަ ރައީސް މުހައްމަދު މުއިއްޒު މިހާރު ދައްކަވަނީ، އެކަމުގެ ވާނުވާ އެނގިވަޑައިނުގެން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާނުވާ ބަންދުގެ ވާހަކަ މުއިއްޒު ދެއްކެވީ އެއީ މަނިކުފާނުގެ ގާނޫނީ އިމުގެ ތެރޭގައި އޮތް ކަމެއް ނޫން ކަމާއި އެއީ ޝަރުއީ ދާއިރާއިން ކުރެވޭނެ ކަމެއްކަން ގަބޫލުކޮށް ދިނުމަށް ކަމަށް ކަމަށް، ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.

"ހޯހޯއޭ އެއީ އެހެން އޮތް ކަމެއް ނޫނޭ. މިއީ ރައީސުލްޖުމްހޫރިއްޔާގެ އަތް މަތީގައި އޮތް ގާނޫނީ އިހުތިޔާރެއް، އިދާރީ އިހުތިޔާރެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ވާނުވާ ބަންދު ނިމުމަކަށް ގެނައުމަށްޓަކައި އެންމެ ބޮޑެތި ކުށްތައް ފިޔަވައި އެހެން ކުށްތަކުގައި ޝަރީއަތް ނިމެންދެން މީހުން ބަންދުކުރަން ކޯޓުގައި ނޭނދުމަށް، ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނެރަލް އަށް އެންގުމުން، ވާނުވާ ބަންދު އޮންނާނީ ނިމުމަަކަށް ގެނެވިފައި ކަމަށް ޔާމީން ވިދާޅުވި އެވެ.

ވާނުވާ ބަންދު ޖަހަން ޖެހޭނީ، މާރާމާރީ އާއި ޓެރަރިޒަމް ފަދަ ބޮޑެތި ކުށްތަކުގައި ހައްޔަރުކުރެވޭ މީހުންނަށް ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިއީ މިފަދަ ފަސޭހަ ހައްލެއް އޮތް ކަމެއް،" ޔާމީން ވިދާޅުވި އެވެ.

ވާނުވާ ބަންދުގައި މީހުން ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މިދިޔަ އަހަރު ފެބްރުއަރީގައި ފަށާނެ ކަމަށް، މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

"ތަހުގީގަށް ހައްޔަރުކޮށްފައި ވާނުވާ ގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށާނަން، އަދި ރައްޔިތުންގެ މަޖްލީހުގެ މި ފެށޭ ދައުރުތެރޭގައި ގާނޫނަށް އިސްލާހު ހުށަހަޅާނަން،" އެމަނިކުފާނު ވިދާޅުވެފަިއވެ އެވެ.

ރިޔާސީ ވައުދެއްގެ ގޮތުގައި މުއިއްޒު އިއުލާނު ކުރެއްވި ވާނުވާ ބަންދު ނިމުމަކަށް ގެނައުމުގެ ވާހަކަ ޖުމްހޫރީ ދުވަހު މުއިއްޒު ދެއްކެވީ، ރައީސްގެ އެ ވައުދު ނުފުއްދައި ދެ އަހަރު ވުމާއެކު އެކަން ސަރުކާރަށް ހަނދާން ކޮށްދިނުމަށް ކެމްޕޭނެއް ކުރަމުން ދަނިކޮށެވެ.