Advertisement

ކޮރަޕްޝަންގެ ތުހުމަތުތަކާ އެކު ޔޫކްރެއިންގެ ދެ މިނިސްޓަރުން އިސްތިއުފާ ދީފި

13 ނޮވެންބަރު 2025 - 15:07 0

އަރުޝަމް އަބްދުالله

އަރުޝަމް އަބްދުالله


ކޮރަޕްޝަންގެ ތުހުމަތުތަކާ އެކު ޔޫކްރެއިންގެ ދެ މިނިސްޓަރުން އިސްތިއުފާ ދީފި

13 ނޮވެންބަރު 2025 - 15:07 0

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކާއި އެކު ޔޫކްރެއިންގެ ހަކަތައާއި ބެހޭ މިނިސްޓަރު އަދި ޖަސްޓިސް މިނިސްޓަރު އިސްތިއުފާ ދީފި އެވެ.

ބީބީސީގައި އާންމު ކޮށްފައިވާ ގޮތުން, މި މައްސަލައަކީ ޔޫކްރޭނުގެ ނިއުކްލިއާ ޕްލާންޓްތައް ހިންގާ ކުންފުންޏެއް ކަމަށްވާ އެނަރގޯއެޓަމްއާ ގުޅުންހުރި މައްސަލައެކެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ޔޫކްރެއިންގެ އިސް ފަރާތްތަކުން ބުނާ ގޮތުގައި، އެ ކުންފުނިން ވަނީ 100 މިލިއަން އެމެރިކާ ޑޮލަރު ރިޝްވަތުގެ ގޮތުގައި ސަރުކާރުގެ އިސް ފަރާތްތަކަށް ދީފަ އެވެ. އަދި މިއީ އެކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުންތައް ދެމެހެއްޓުމަށް ދިން ފައިސާގެ ގޮތުގައި ވަނީ ތުހުމަތުކޮށްފަ އެވެ.

ޔޫކްރޭނުގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފައިވަނީ، ގާނޫނާ ހިލާފު މި އަމަލުތައް އަހަރަކަށް ވުރެ ގިނަ ދުވަހު ހިންގާފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން އެގައުމުގެ ފުލުހުން ވަނީ ސަރުކާރުގެ އިސް ވެރިންގެ ފޯނު ކޯލްތަކާއި ލިޔެކިޔުންތަކުން ހެކި ހޯދައި، ގައުމުގެ އެކި ކަންކޮޅުތަކުގައި ހުރި ސަރުކާރުގެ ގިނަ އޮފީސްތަކެއް ބަލައި ފާސްކޮށްފަ އެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ފާހަގަކުރެއްވި ގޮތުގައި، މިއިީ ސަރުކާރުގެ ތެރޭގައި ހިނގައިގެން ނުވާނެ ފަދަ އަމަލެކެވެ. ހާއްސަކޮށް ހަނގުރާމައިގެ ދުވަސްވަރު ގައުމުގެ މާލިއްޔަތު ވަގަށް ނެގުމުގެ ފުރުސަތު އެއްވެސް މީހަކަށް ދީގެން ނުވާނެ ކަމަށް އޭނާ ބުންޏެވެ.

ޔޫކްރެއިންގެ ސަރުކާރުން އިތުރަށް ބުނެފައިވަނީ, މި މައްސަލަ ތަހުގީގުކޮށް މިކަމުގައި ބައިވެރިވި މީހުންނަށް ހައްގު އަދަބު ދެވޭނެ ކަމަށާއި، މުސްތަހުބަލުގައި މިފަދަ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް އާ އޮޕަރޭޝަން ތަކެއް ހިންގާނެ ކަމަށެވެ.