Advertisement

އެމްއައިބީއާއި ކްރޮސް ރޯޑްސް ގުޅިގެން މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށައިފި

12 ނޮވެންބަރު 2025 - 18:34 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މުރަކަ އާލާކުރުމުގެ ޕްރޮގްރާމުގެ އެއްބަސްވުމުގައި އެމްއައިބީއާއި ކްރޮސް ރޯޑްސް އިން ސޮއިކުރަނީ --- ފޮޓޯ: އެމްއައިބީ


އެމްއައިބީއާއި ކްރޮސް ރޯޑްސް ގުޅިގެން މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށައިފި

12 ނޮވެންބަރު 2025 - 18:34 1

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ކްރޮސް ރޯޑްސް މޯލްޑިވްސް ގުޅިގެން މުރަކަ އާލާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

މި ޕްރޮގްރާމު ހިންގުމަށް ދެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރަން ރަސްމިއްޔާތު ބޭއްވީ މުރަކަ އިންދާ ފަޅުގެ އަޑީގަ އެވެ.

މުރަކަ އާލާކުރަން ކުރިއަށް ގެންދާ ޕްރޮގްރާމުގެ އެއްބަސްވުމުގައި އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ އެމްޑީ އަދި ސީއީއީ މުފައްދަލް އިދްރީސް ހުމްރީ އެވެ. ކްރޮސް ރޯޑްސް ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސައިލެގޫންސްގެ ޖެނެރަލް މެނޭޖަރު އެލެކްޒެންޑާ ޓްރައިގާ އެވެ.

އެމްއައިބީ ބުނި ގޮތުގައި ކަނޑު އަޑީގައި މި ރަސްމިއްޔާތު ބޭއްވި ސަބަބަކީ ރާއްޖޭގެ ތިމާވެށި އަދި މުރަކަތަކުގެ މުހިންމުކަމާއި މުރަކަތަކުގެ ބޭނުން ތެރިކަން ރައްޔިތުންނަށް އަންގައި ދިނުން ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން މުރަކަ އިންދާ އާލާކުރާނީ މާލެ އަތޮޅު ދެކުނު ބިތުގައި އޮންނަ ކްރޮސް ރޯޑް މޯލްޑިވްސް އިންޓަގްރޭޓެޑް ރިސޯޓުތައް ހިންގާ ފަޅުގަ އެވެ. އަދި، ޕްރޮގްރާމުގެ ދަށުން އެ ފަޅުގައި މުރަކަ އިންދާ ސަރަހައްދަށް އެމްއައިބީ ފަރުގެ ނަން ދެވޭނެ އެވެ.