Advertisement

ޕާކިސްތާނުގައި ދިން ބޮމުގެ ހަމަލާއެއްގައި 12 މީހުން މަރުވެއްޖެ

12 ނޮވެންބަރު 2025 - 12:05 0

އަރުޝަމް އަބްދުالله

އަރުޝަމް އަބްދުالله


ޕާކިސްތާނުގައި ދިން ބޮމުގެ ހަމަލާއެއްގައި 12 މީހުން މަރުވެއްޖެ

12 ނޮވެންބަރު 2025 - 12:05 0

ޕާކިސްތާނުގެ ވެރިރަށް, އިސްލާމްއާބާދުގެ ކޯޓު އިމާރާތެއްގެ ބޭރުގައި މީހަކު ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި 12 މީހުން މަރުވެ 30 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ޕާކިސްތާނުގެ އޮފިޝަލުން ބުނެފައިވަނީ, ހަމަލާދިން މީހާ މަސައްކަތް ކޮށްފައިވަނީ ޖީ-11/4 ސަރަހައްދުގައި ހުންނަ ކޯޓު އިމާރާތަށް ވަނުމަށް ކަމަށެވެ. ނަމަވެސް ސެކިއުރިޓީ އޮފިސަރުން ވަނީ ގޭޓުން އޭނާ ހުއްޓުވައި, އޭނާއަށް އެތެރެއަށް ވަންނަން ކުރި މަސައްކަތް ނާކާމިޔާބުވުމުން ކޯޓު ބޭރުގައި ޕާކުކޮށްފައި ހުރި ފުލުހުންގެ ވެހިކަލެއް ކައިރީގައި އޭނާ ވަނީ އަމިއްލަ ގައިގައި ހަރުކޮށްފައިވާ ބޮން ގޮއްވާލައިފަ އެވެ.

މި ހަމަލާގެ ޒިންމާ ދިނީ ތަހްރީކް-އި-ތާލިބާން (ޓީޓީޕީ) އާ ގުޅުން ހުރި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޖަމާއަތުލް-އަހްރާރުން ވަނީ ނަގާފަ އެވެ. އޮފިޝަލުން މައުލޫމާތުދޭ ގޮތުގައި ބޮން ގޮއްވާލި މީހާގެ އަމާޒަކީ އެވަގުތު ޑިއުޓީއަށް ތިބި ޕާކިސްތާނުގު ސިފައިންނާއި ކޯޓު އޮފިސަރުންނެވެ.

ޕާކިސްތާނުގެ ސަރުކާރުން ވަނީ މި ހަމަލާ ކުށްވެރިކޮށް، މިއީ އިސްލާމްއާބާދުގައި ހަމަނުޖެހުން ގާއިމުކުރުމަށް ދިން ޓެރަރިޒަމްގެ ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. މި ހަމަލާގެ ތަހުގީގު މިހާރު ޕާކިސްތާނުގެ ސިފައިން ވަނީ ފަށާފަ އެވެ.

މިއީ ފާއިތުވި އަހަރުތަކުގެ ތެރޭގައި އިސްލާމްއާބާދުގައި ދިން އެންމެ ނުރައްކާތެރި ހަމަލާތަކުގެ ތެރޭގައި ހިމެނޭ ހަމަލާއެކެވެ. އަދި މިއީ ޕާކިސްތާނުގައި ޓެރަރިޒަމްގެ ހަމަލާތައް އަނެއްކާވެސް އިތުރުވަމުންދާ ކަމުގެ އިޝާރާތެކެވެ.