Advertisement

ބާސެލޯނާ އިން ކުރިކަމަކުން ޔަމާލް ސްޕެއިން ޓީމުން ބާކީކުރަން ޖެހިއްޖެ

11 ނޮވެންބަރު 2025 - 19:07 0


ބާސެލޯނާ އިން ކުރިކަމަކުން ޔަމާލް ސްޕެއިން ޓީމުން ބާކީކުރަން ޖެހިއްޖެ

11 ނޮވެންބަރު 2025 - 19:07 0

މެޑްރިޑް (ނޮވެމްބަރު 11) - މި މަހު ކުޅޭ ވޯލްޑް ކަޕް ކޮލިފައިންގައި ސްޕެއިން އިން ކުޅޭ ދެ މެޗަށް ނެގި ސްކޮޑުގައި 18 އަހަރުގެ ލަމީން ޔަމާލް ހިމަނަން ނިންމާފައި އޮއްވައި، ބާސެލޯނާ އިން ކުރި ކަމަކުން ޔަމާލް، ސްޕެއިން ޓީމުން މި ފަހަރު ބާކީކުރަން ޖެހިއްޖެ އެވެ.

އިއްޔެ، ސްޕެއިންގެ ސްކޮޑުގެ ކުޅުންތެރިން ގައުމީ ޓީމުގެ ކޭމްޕަށް ރިޕޯޓްކުރަން އަންގާފައިވަނިކޮށް، ބާސެލޯނާ އިން ވަނީ ޔަމާލަށް ލިބިފައިވާ އަނިޔާއަކަށް ފަރުވާ ހޯދައިފަ އެވެ.

އެ ގޮތުން، ޔަމާލްގެ އުުކުޅުވަޅުގެ އަނިޔާ އަށް ހޯދި ފަރުވާއާ އެކު، 7-10 ދުވަސް އަރާމްކުރަން ޖެހޭ ކަމަށް މެޑިކަލް ރިޕޯޓްތަކުން ދައްކަ އެވެ. އެހެންކަމުން، ސްޕެއިނުން ކޮލިފައިންގައި ތުރުކީ އާއި ޖޯޖިއާއާ ދެކޮޅަށް ކުޅޭ މެޗުތަކުގެ ސްކޮޑުން ޔަމާލް ބާކީކުރަން ޖެހުނީ އެވެ.

ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބާސެލޯނާ އިން ޔަމާލްގެ މެޑިކަލް ކަންކަން ކޮށްފައިވަނީ ޒިންމާދާރުކަން ކުޑަ ގޮތަކަށް، ސްޕެއިންގެ މެޑިކަލް ޓީމާ އެއްވެސް މަޝްވަރާ ކުރުމެއްނެތި ކަމަށެވެ. ސްޕެއިނުގެ ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭ ވަނީ، ބާސެލޯނާ އިން ކަންތައް މި ކުރި ގޮތަކީ، ކެރިއަރުގައި ވެސް ފުރަތަމަ ފަހަރަށް ކުރިމަތިލާން ޖެހުނު ކަމެއް ކަމަށް ބުނެފަ އެވެ.

މީގެ ކުރިން، ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ވަނީ، ސްޕެއިނުން ޔަމާލް، އަނިޔާގައި ހުއްޓައި އޭނާ ލައްވައި ކުޅުވި ކަމަށް ބުނެ ފާޑުކިޔައިފަ އެވެ. ޑެ ލަ ފުއެންޓޭ ވަނީ އެ ކަމަށް ދިން ރައްދުގައި، ސްޕެއިނުން އަބަދުވެސް ކަންތައް ކުރަނީ މެޑިކަލް ޕްރޮފެޝަނަލުންގެ ލަފާގެ މަތިން ކަަމަށް ބުނެފަ އެވެ.