11 ނޮވެންބަރު 2025 - 15:47 0
އަހުމަދު އާއިދު
ވެލިދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ގެ: އެ ގެ ވަނީ ބޭނުންކުރެވޭ ވަރަށް އަނދާފައި ---
11 ނޮވެންބަރު 2025 - 15:47 0
ނ. ވެލިދޫ ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
މިއަދު މެންދުރު ފަހު އަލިފާން ރޯވީ އެ ރަށު "ދިވެހި" ގޭ ގަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ވެފައިވީ ނަމަވެސް، އެ ގެޔަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
އަލިފާނުގެ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެލިދޫން ވާހަކަ ދެއްކި މީހުން ބުންޏެވެ.
މި ނޫހަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާނުގެ ހާދިސާގައި އެ ގޭގެ އެތެރޭގެ ފާރެއްގެ ބައެއް ވެއްޓިި، ބައެއް ފާރުތަކުގައި ރެނދުލާފައިވެ އެވެ. އަދި ފަލިފާނުގެ ހޫނުން ފުރާޅަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
އަލިފާން ނިއްވުމަށް ފެން ޖެހުމަށް ރަށު ކައުންސިލްގައި ބޭނުންކުރާ ޕަންޕު ހަލާކުވެފައި ހުރުމުން، ޕަންޕެއް ގެނައީ ވެލިދޫ ކައިރީގައި އޮންނަ ރަންދެލި ރިސޯޓުން ކަމަށް މި ނޫހާ ވާހަކަ ދެއްކި މީހަކު ބުންޏެވެ. އެ ރިސޯޓުގެ މުވައްޒަފުން ވެސް އަލިފާން ނިއްވުމަށް އެހީތެރިވި އެވެ.
އަދަދު އާއި ވާހަކަދައްކަމުން ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސެއިން ވިދާޅުވީ އަލިފާން ނިއްވާލުމުގައި ބޮޑު ރޯލެއް ކުޅުނީ ރަށުގެ ރައްޔިތުންނެވެ. ނަމަވެސް ނިއްވާލެވުނު އިރު ގެ ވަނީ ބޭނުން ނުރެކެވޭ ވަރަށް އަނދާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހާދިސާ ހިނގީ ކީއްވެގެން ކަމެއް ނޭނގެ އެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަލިފާން ރޯވި ގޭގައި ދިރިއުޅެމުން ދިޔަ އަށެއްކަ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދެމުންދާ ކަމަށް ވެސް އާތިފު ވިދާޅުވި އެވެ.
Comment