Advertisement

ދެ ދޯނި ޖެހި ހިނގި އެކްސިޑެންޓެއްގައި ދޯންޏެއް އަޑިއަށްގޮސްފި

11 ނޮވެންބަރު 2025 - 14:05 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ދެ ދޯނި ޖެހި ހިނގި އެކްސިޑެންޓެއްގައި ދޯންޏެއް އަޑިއަށްގޮސްފި

11 ނޮވެންބަރު 2025 - 14:05 0

ބާސެލޯ މޯލްޑިވްސް ރިސޯޓު ފުއްޓަރުފަރާތާ ދިމާ ބޭރުގައި އެކްސްކާޝަނަށް ގޮސް އުޅުނު ދެ ދޯނި ޖެހި މިއަދު މެންދުރު ހިނގި އެކްސިޑެންޓުގައި އެތަނުން އެއް ދޯނި އަޑިއަށް ގޮސްފި އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށާއި އެކްސިޑެންޓުވި އެއް ދޯންޏަށް ލިބުނު ގެއްލުމުގެ ސަބަބުން އަޑިއަށް ގޮސްފައިވާ ކަމަށެވެ.

"މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވޭ. މި އެކްސިޑެންޓުގައި ލިބުނު ގެއްލުމުގެ ސަބަބުން އެއް ދޯނި ވަނީ އަޑިއަށް ގޮސްފައި،" ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަޑިއަށްދިޔަ ދޯނީގައި ތިބި މީހުން ވަނީ އެކްސިޑެންޓުވި އަނެއް ދޯންޏަށް އަރުވައި ސަލާމަތްކޮށްފަ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.