Advertisement

ހުޅުމާލެ ފަޅު ތެރޭ އޮތް ބޯޓެއްގައި އަލިފާން ރޯވެ އަނދަނީ

11 ނޮވެންބަރު 2025 - 13:11 0

އަހުމަދު އާއިދު

އަހުމަދު އާއިދު


ހުޅުމާލެ ފަޅު ތެރޭ އޮތް ބޯޓެއްގައި އަލިފާން ރޯވެ އަނދަނީ

11 ނޮވެންބަރު 2025 - 13:11 0

ހުޅުމާލެ ފަޅު ތެރޭ އޮތް އުޅަނދެއްގައި އަލިފާން ރޯވެ އަނދަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އަދި ވީޑިއޯތަކުން ފެންނަ ގޮތުގައި އަލިފާން ރޯވި އުޅަނދުން ގިނަ އަދަދަކަށް ކަޅު ދުން ދަނީ އަރަމުންނެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދެމުން ބުނީ ރޯވީ ލޯންޗެއްގައި ކަމަށެވެ.

ނަމަވެސް މި ނޫހަށް ލިބިފައިވާ އެކި ފޮޓޯ އަދި ވީޑިއޯގެ އިތުރުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ރޯވެ އަނދަމުންދަނީ ބޯޓެއްގަ އެވެ. ބެލެވޭ ގޮތުގައި އެއީ ތެޔޮ ބޯޓެކެވެ.

ސިފައިން އިތުރަށް ބުނީ އަލިފާން ނިއްވުމުގައި ފަޔާ އެންޑް ރެސްކިޔު ސަރވިސްގެ ހުޅުމާލޭ ސްޓޭޝަންގެ ފަޔާފައިޓަރުން ދަނީ ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވި ކަމަކަށް ސިފައިން އަދި ނުބުނެ އެވެ. ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ރޯވި ވަގުތު ބޯޓުގައި ތިބި މީހުން ވަނީ އެ އުޅަނދާއި ކައިރިވި ޑިންގީއަކަށް އަރުވާ އެވެ.

މިހާތަނަށް އަލިފާންގަނޑު ނިއްވާލެވުނު ކަމަކަށް ސިފައިން ނުބުނެ އެވެ.