Advertisement

އެމްޑީޕީން ގެނައި ހަނިމާދޫ އެއާޕޯޓާއެކު ލާމަރުކަޒީ ތަރައްގީ ޖީލުތަކަކަށް ދެމިގެންދާނެ: ފައްޔާޒު

9 ނޮވެންބަރު 2025 - 23:24 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހަނިމާދޫ އެއާޕޯޓުގެ ކުރެހުމެއް.


އެމްޑީޕީން ގެނައި ހަނިމާދޫ އެއާޕޯޓާއެކު ލާމަރުކަޒީ ތަރައްގީ ޖީލުތަކަކަށް ދެމިގެންދާނެ: ފައްޔާޒު

9 ނޮވެންބަރު 2025 - 23:24 1

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެނައި ހަނިމާދޫ އާ އެއާޕޯޓާއެކު ލާމަރުކަޒީ ތަރައްގީ ޖީލުތަކަކަށް ދެމިގެންދާނެ ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އުތުރަށް ތަރައްގީގެ އިންގިލާބީ ބަދަލެއް ގެނައުމުގެ ތަސައްވުރާއެކު އެމްޑީޕީގެ ސަރުކާރުން ތަރައްގީކުރަން ފެށި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މިރޭ ހުޅުވުމާ ގުޅިގެން، އޭރު އިކޮނޮމިކް މިނިސްޓަރަށް ހުންނެވި ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އެއާޕޯޓަކީ ލާމަރުކަޒީ ތަރައްގީގެ ކާމިޔާބު މަޝްރޫއުއެއް ކަމަށެވެ.

މިއީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް އިގުތިސާދީ މިނިވަންކަން ލިބި، ދެމެހެއްޓެނިވި ތަރައްގީއެއް ހޯދުމުގެ މުހިއްމު ފިޔަވަޅަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަޝްރޫއުގެ ޝުކުރު ހައްގުވަނީ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށާއި އިކޮނޮމިކް މިނިސްޓްރީ މުވައްޒަފުންނަށް ކަމަށް ފައްޔާޒު ފާހަގަ ކުރެއްވި އެވެ.

މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުން ކުރިއަށް ގެންދިޔަ މަޝްރޫއު އަކަށް ވުމާއެކު، އިންޑިއާ ސަރުކާރަށް ވެސް ފައްޔާޒު ޝުކުރު އަދާކުރެއްވި އެވެ.

"މި މަޝްރޫއުގެ ފައިދާ ޖީލުތަކަކަށް ހޯދޭނެ ކަމާމެދު ޝައްކެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ގާތްގަނޑަކަށް 136.6 މިލިއަން ޑޮލަރު މި މަޝްރޫއުގެ ދަށުން 2.46 ކިލޯ މީޓަރުގެ ރަންވޭ އަކާއި އާ ޓާމިނަލެއް އަދި އެއާޕޯޓަށް ބޭނުންވާ ޒަމާނީ އެހެން ވަސީލަތްތައް ގާއިމު ކުރެ އެވެ. މިއީ އަހަރަކު 1.3 މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދެވޭ ވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.