Advertisement

ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް މޯދީގެ ހާއްސަ މަންދޫބެއް ވަޑައިގެންފި

9 ނޮވެންބަރު 2025 - 14:39 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މޯދީގެ ހާއްސަ މަންދޫބަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔަނީ --- ފޮޓޯ: ފޮރިން މިނިސްޓްރީ


ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް މޯދީގެ ހާއްސަ މަންދޫބެއް ވަޑައިގެންފި

9 ނޮވެންބަރު 2025 - 14:39 0

އިންޑިއާ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ކުރިއަށް ގެންގޮސް ތަރައްގީކުރި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އަލުން ހުޅުވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެ ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޕޯސްޓެއްގައި ބުނީ މޯދީގެ މަންދޫބެއްގެ ގޮތުން ވަޑައިގެންނެވީ، އިންޑިއާގެ ސިވިލް އޭވިއޭޝަން ޔޫނިއަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިދު ކަމަށެވެ. އޭނާއަށް މާލެއިން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު އެވެ.

ހަލީލުގެ އިތުރުން މޯދީގެ މަންދޫބަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވުމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ބަލަސުބްރަމާނިއަން ވެސް އަދި ދިވެހި ހާރިޖިއްޔާގެ އިސްވެރިން ތިއްބެވި އެވެ.

ބޮޑު ރަސްމިއްޔާތެއް ބާއްވާ ހަނިމާދޫ އެއާޕޯޓު ރަސްމީކޮށް ހުޅުވަން ސަރުކާރުން ނިންމާފައިވަނީ މިރޭ އެވެ.

މިއަދު އެ އެއާޕޯޓު ރަސްމީކޮށް ހުޅުވި ނަމަވެސް، އެ އެއާޕޯޓުގައި އަދިވެސް ހަތަރުފަސް މަހުގެ މަސައްކަތް ނުނިމި އެބަހުރި ކަމަށް އެ ރަށު ކައުންސިލް މެންބަރު، އަލީ އިބްރާހިމް އަދަދު އާއި ވާހަކަދައްކަވަމުން އިއްޔެ ވިދާޅުވި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގަ އެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުން ހިންގާ އެއާޕޯޓުގެ މަޝްރޫއަށް 136.6 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ. އެއާޕޯޓުގައި އޮތީ 2.46 ކިލޯ މީޓަރުގެ ރަންވޭ އެކެވެ. މި އެއާޕޯޓު ތަރައްގީކޮށްފައި ވަނީ އަހަރަކު 1.3 މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދެވޭ ވަރަށެވެ.

އެ އެއާޕޯޓުގެ އާ ޓާމިނަލާއި ރަންވޭ އާއެކު ކޯޑު ސީ، ނުވަތަ އެންމެ ބޮޑެތި މަތިންދާ ބޯޓު ހަނިމާދޫ އަށް ޖެއްސޭނެ އެވެ.