Advertisement

ސުއަރޭޒްގެ އެޕީލް އަނބުރާ ފޮނުވާލައި އަދަބު ދަމަހައްޓައިފި

8 ނޮވެންބަރު 2025 - 10:49 0


ސުއަރޭޒްގެ އެޕީލް އަނބުރާ ފޮނުވާލައި އަދަބު ދަމަހައްޓައިފި

8 ނޮވެންބަރު 2025 - 10:49 0

މިއާމީ (ނޮވެމްބަރު 8) - އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް، ލުއިސް ސުއަރޭޒަށް ދިން އެއް މެޗުގެ ސަސްޕެންޝަން އެޕީލް ކުރުމުން އެ އަނބުރާ ފޮނުވާލައި، ދިން އަދަބާ އެއްގޮތަށް ކުރިއަށްދިއުމަށް މޭޖަ ލީގު ސޮކާ (އެމްއެލްއެސް) އިން ނިންމައިފި އެވެ.

ނޭޝްވިލް އަތުން 2-1 އިން އިންޓަ މިއާމީ ބަލިވި މެޗުގައި، ނޭޝްވިލްގެ ހޮންޑިއުރަަސް ކުޅުންތެރިޔާ، އެންޑީ ނާޖާ ގައިގައި ސުއަރޭޒް ޖަހާތަން ފެންނަ ވީޑިއޯ މެޗުގެ ތެރެއިން ދެއްކި ނަމަވެސް، އެ ކަމަށް ރެފްރީ މެޗުގައިި ފިޔަވަޅެއް ނާޅަ އެވެ. ރީނދޫ ކާޑެއް ވެސް ނުދައްކަ އެވެ.

އެކަމަކު، މެޗަށް ފަހު، ގަވާއިދުގެ ތެރެއިން ލިބުނު އެޕީލްކުރުމުގެ ފުރުސަތުގަައި، ވީޑިއޯ ހެއްކާ އެކު، ނޭޝްވިލް އިން މައްސަލަ ހުށަހެޅުމުން، ސުއަރޭޒް އެއް މެޗަށް ސަސްޕެންޑް ކުރީ އެވެ.

އެމްއެލްއެސްގެ ގަވާއިދުގެ ތެރެއިން ލިބޭ ފުރުސަތުގައި، ނޭޝްވިލް އިން ލި މައްސަލަ ކާމިޔާބުވުމުން، ސުއަރޭޒް އަށް އެޕީލްކުރަން ލިބުނު ފުރުސަތުގައި އޭނާ އެކަން ހުށަހެޅި އެެވެ. އެހެން ނަމަވެސް، އެމްއެލްއެސް އިން ވަނީ ސުއަރޭޒްގެ އެޕީލް އަނބުރާ ފޮނުވާލައިފަ އެވެ.

މިކަމާ ގުޅޭގޮތުން، އިންޓަ މިއާމީގެ ކޯޗު، ހަވިއޭ މަޝެރާނޯ ބުނީ، އެމްއެލްއެސްގެ ޑިސިޕްލިނަރީ ކޮމިޓީގެ އެ ނިންމުމަށް އިހުތިރާމް ކުރާ ކަަމަށާއި އެކަމަކު އެއީ ރަނގަޅު ނިންމުން ކަމަށް ގަބޫލު ކުރެވޭކަށެއް ނެތް ކަމަށެވެ.

ނޭޝްވިލްއާ ދެކޮޅަށް އިންޓަ މިއާމީ ދަނޑުގައި އޮތް މެޗު މިރޭ ކުޅޭއިރު، އެ މެޗުން މޮޅުވާ ޓީމަކަށް އީސްޓާން ކޮންފަރެންސް ސެމީ ފައިނަލުން ޖާގަ ލިބިގެންދާނެ އެވެ.