Advertisement

މެސީ އަށް ގަލަތަސަރާއިގެ ހުށަހެޅުމެއް

7 ނޮވެންބަރު 2025 - 11:53 0


މެސީ އަށް ގަލަތަސަރާއިގެ ހުށަހެޅުމެއް

7 ނޮވެންބަރު 2025 - 11:53 0

އިސްތަންބޫލް، ތުރުކީ (ނޮވެމްބަރު 7) - އެމެރިކާގެ ކްލަބް އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ އަށް ތުރުކީ ސުޕަ ލީގުގެ ގަދަބާރު ގަލަތަސަރާއި އިން ހުށަހެޅުމެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މެސީ، 38، ވަނީ މި ފަހަރުގެ މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ ރެގިއުލާ ސީޒަނުގައި 45 ގޯލުގައި ހިއްސާ އަދާކޮށްފަ އެވެ. އެއާ އެކު، މުސާރަ ބޮޑުކޮށް، ފިޔަފާރީގެ ވެސް ފުރުސަތު ލިބޭ ގޮތަށް މެސީ ވަނީ އިންޓަ މިއާމީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ސީޒަން ނިމެންދެން އާ ކޮށްފަ އެވެ.

ބާސެލޯނާގައި ކެރިއަރުގެ ބޮޑުބައި ހޭދަކުރި މެސީ، އިންޓަ މިއާމީ އަށް ބަދަލުވީ، 2023 ވަނަ އަހަރު އެވެ. އެއީ، ފްރާންސްގެ ޕީއެސްޖީ އަށް ދެ އަހަރު ކުޅެ، އެ ކްލަބްގެ ކޮންޓްރެކްޓް ހަމަކުރުމަށް ފަހު، ހިލޭ ޓްރާންސްފާއެއްގަ އެވެ.

ޖެނުއަރީން ފެށިގެން ހަތަރު މަސް ދުވަހަށް ސީޒަން ނިމިގެން އެމެރިކާގެ ފުޓްބޯޅަ ބްރޭކަށްދާއިރު، ގަލަތަސަރާއި އިން ހުށަހަޅަނީ މެސީ ގެންދަން ހަތަރު މަސް ދުވަހުގެ ލޯން ޑީލެކެވެ. އެ މުއްދަތުގައި، އިންޓަ މިއާމީން މެސީ އަށް ދޭ މުސާރައިގެ 100 ޕަސެންޓް އެއްކޮށް ހަވާލުވާނީ ގަލަތަސަރާއި އިންނެވެ. އޭގެ އިތުރުން، މެސީ އަށް މި ޑީލުގެ ތެރެއިން ގިނަ ބޯނަސްތަކެއް ލިބޭ ގޮތަށް ވެސް ގަލަަތަސަރާއިގެ ހުށަހެޅުމުގައިވެ އެވެ.

އިންޓަ މިއާމީން މި ޑީލާ މެދު ގޮތެއް ނިންމާނީ މެސީ އެދޭ ގޮތެއް ސާފުކުރުމަށް ފަހު ކަމަށް ތުުރުކީގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.