Advertisement

ފުވައްމުލަކުގައި 11 މަޝްރުއެއް ހިންގަން ސޮއިކޮށް، ފަސް މަޝްރޫއެއްގެ ބިންގާ އަޅައިފި

5 ނޮވެންބަރު 2025 - 14:27 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފުވައްމުލަކުގައި ސިޓީ ހޮޓަލަކާއި އިކޯ ޓޫރިޒަމް ފެސިލިޓީއެއް އަޅަން ހަވާލުކުރީ އެމްއޭސީއެލްއާ: އެމްއޭސީއެލްއާ ހަވާލުކުރީ ކުރިން މުއިއްޒު ފުވައްމުލަކަށް ވަޑައިގެންނެވި އިރު އާރުސީއެލްއާ ހަވާލުކުރި މަޝްރޫއާ އެއްގޮތް މަޝްރޫއެއް -- ފޮޓޯ: ރައީސް އޮފީސް


ފުވައްމުލަކުގައި 11 މަޝްރުއެއް ހިންގަން ސޮއިކޮށް، ފަސް މަޝްރޫއެއްގެ ބިންގާ އަޅައިފި

5 ނޮވެންބަރު 2025 - 14:27 0

ފުވައްމުލައް ސިޓީއަށް މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުގެ ތެރެއިން 11 މަޝްރޫއެއް ކުންފުނިތަކާ ހަވާލުކޮށް، ފަސް މަޝްރޫއެއްގެ ބިންގާ އިއްޔެ އަޅައިފި އެވެ.

ފުވައްމުލައް ރައްޔިތުންނާ މުއިއްޒު ބައްދަލުކުރެއްވި ރަސްމިއްޔާތުގައި ހަވާލުކުރި 11 މަޝްރޫއުގެ ތެރެއިން ތިން މަޝްރޫއެއް ފިޔަވައި އެހެން ހުރިހާ މަޝްރޫއެއް ހަވާލުކުރީ އަމިއްލަ ކުންފުނިތަކާ އެވެ.

ކުންފުނިތަކާ ހަވާލުކުރި މަޝްރޫއުތައް:

  1. އިސްލާމިކް ސެންޓަރެއް ގާއިމުކުރުން - އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  2. އިންޓަގްރޭޓެޑް އީކޯ ޓޫރިޒަމް މަޝްރޫއު - އެމްއޭސީއެލް
  3. ސިޓީ ހޮޓަލެއް ގާއިމުކުރުން - އެމްއޭސީއެލް
  4. ފުވައްމުލަކު ސްކޫލުގައި 16 ކްލާސް ރޫމް ގާއިމުކުރުން - އެމްޓީސީސީ
  5. ފުވައްމުލައް ސްކުލުގައި ލެބެއް ގާއިމުކުރުން - އެމްޓީސީސީ
  6. އޮފީސް ކޮމްޕްލެކްސް އިމާރާތެއް - އެމްޓީސީސީ
  7. ސްކޭޓް ޕާކް ތަރައްގީކުރުން - އެމްޓީސީސީ
  8. މަގުހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހި - އެމްޓީސީސީ
  9. ޔޫތު ތާޑް ސްޕޭސް - ސެންޓާ ލޭންޑް ޕްރައިވެޓް ލިމިޓެޑް
  10. 75 ހައުސިން ޔުނިޓް ތަރައްގީކުރުން - ގްލަޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
  11. އައު ބަނދަރެއް ތަރައްގީކުރުން - ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް

ބިންގާ އެޅި މަޝްރޫއުތައް:

  1. ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމުކުރުމުގެ މަޝްރޫއު
  2. ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އައު އިމާރާތް ގާއިމުކުރުމުގެ މަޝްރޫއު
  3. 400 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއު
  4. ޕޮލިސް އެކޮމޮޑޭޝަން އިމާރާތްކުރުމުގެ މަޝްރޫއު
  5. ނެޝަނަލް ލައިބްރަރީ ގޮތްޕެއް ގާއިމުކުރުމުގެ މަޝްރޫއު

މީގެ އިތުރުން މުއިއްޒު ފުވައްމުލަކަށް ކުރެއްވި ދަތުރުގެ ތެރެއިން އެ ސިޓީގައި ސީޓީ ސްކޭންގެ ހިދުމަތް އިފްތިތާހުކޮށްދެއްވައި، މާދަނޑު އަވަށު ފުޓްސަލް ދަނޑު ހުޅުވައިދެއްވައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ވެސް ފަށްޓަވައިދެއްވި އެވެ.

މުއިއްޒު އިފްތިތާހުކޮށްދެއްވި ސިޓީ ސްކޭން ހިދުމަތަކީ އެ ސިޓީގައި ބޭނުންކުރަމުންދިޔަ ހިދުމަތެކެވެ. ނަމަވެސް އެ ހިދުމަތް "ރަސްމީކޮށް ފެށުމަށް" ކަމަށް ބުނެ ހަފުލާއެއް ބާއްވައި، ހިދުމަތް އިފްތިތާހު ކުރުމަށް އިއްޔެ ވަނީ ރިބަން ކަނޑުއްވައިފަ އެވެ.

"ސީޓީގެ ހިދުމަތް ރަސްމީކޮށް މިއަދު ފެށުނީ. އެ ހިދުމަތް ފެށިގެން 90 ވަރަކަށް ޕޭޝަންޓުންނަށް ހިދުމަތް ދެވިފަ ވޭ،" ރޭ މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ރޭ ވިދާޅުވީ ވައުދުވި ގޮތަށް އެ ސިޓީގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މަޝްރޫއަކީ ސައުދީގެ ހިލޭ އެހީގެ ދަށުން ފަންޑުކުރާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.