Advertisement

ކޮޅުވެއްޓި ބަންޑުންޖެހުން ފަދަ ކަންކަން ހިނގަނީ ސިޔާސީ ވެރިން ތަންތަނަށް އައްޔަނުކުރާތީ: ގަފޫރު

4 ނޮވެންބަރު 2025 - 11:50 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހަނިމާދޫ ދާއިރާގެ މެންބަރު، އަބްދުލްގަފޫރު މޫސާ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ކޮޅުވެއްޓި ބަންޑުންޖެހުން ފަދަ ކަންކަން ހިނގަނީ ސިޔާސީ ވެރިން ތަންތަނަށް އައްޔަނުކުރާތީ: ގަފޫރު

4 ނޮވެންބަރު 2025 - 11:50 1

މި ގައުމުގައި ކަންކަން ގޯސްވެގެން ދަނީ އެކަށީގެންވާ ފިޔަވަޅު ނޭޅޭތީ ކަމަށާއި ކޮޅުވެއްޓި ބަންޑުން ޖެހުން ފަދަ ހިތާމަވެރި ހާދިސާތައް ހިނގަނީ ސިޔާސީ ވިސްނުމުގައި ތަންތަނުގެ ވެރިންނަށް މީހުން އައްޔަނު ކުރާތީ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު، އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުން ގަފޫރު ވިދާޅުވީ އެކަށީގެންވާ ފިޔަވަޅު އެޅޭ ނަމަ ގޯހުން ކަންކަން ނުހިނގާނެ ކަމަށެވެ. ނަމަވެސް ރާއްޖެއިން ފެންނަނީ އެ މަންޒަރު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ފިޔަވަޅު ނޭޅޭތީ ކަންކަން ގޯސްވެގެން ދަނީ އިއްޒަތްތެރި ރައީސް، އެކަން މުޅި ގައުމުން ވެސް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ސިޔާސީ ވިސްނުމުގައި މީހުން ބަދަލު ކުރީމާ ދެން އެ ތަންތަނުގެ ވެރިންނަށް ލީމާ ކޮޅުވެއްޓި ބަންޑުން ޖަހަނީ އިއްޒަތްތެރި ރައީސް، އެއީ އެކަން ވާގޮތަކީ،" ގަފޫރު ވިދާޅުވި އެވެ.

"އެއްފަހަރަށް ކޮޅުވެއްޓިއެއް ބަންޑުޖަހައިގެން އެ މައްސަލަ ނުބަލާ އޮއްވައި އަނެއްކާ ވެސް ދެވަނަ ފަހަރަށް ކޮޅުވެއްޓިއެއް ބަންޑުން އެ ޖެހީ އިއްޒަތްތެރި ރައީސް، ކަންކަން ނުކުރީމާ ލިބޭ ދެރައާއި ހިތާމަ އަޅުގަނޑުމެންނަށް މި ގައުމުން ފެނިގެން މިދަނީ."

ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ދިވެއްސެއްގެ ފުރާނަ ގެއްލުމަކީ ކުޑަކަމެއް ނޫން ކަމަށް ގަފޫރު ވިދާޅުވި އެވެ. އަދި އެފަދަ ހިތާމަވެރި ހާދިސާއެއް ހިނގީމާ އެ މައްސަލަ ނުބެލޭ ކަމަށްވަންޏާ މަޖިލީހުގެ މެންބަރުން ވެސް ލަދުގަންނަން ޖެހޭނެ ކަމަށް ގަފޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތަސް، ބޮޑެތި ކަންކަން ހިނގީމާ އެކަށީގެންވާ ފިޔަވަޅު ނާޅާނަމަ ކުރިމަތިލާން ޖެހޭނީ ހިތާމައާ ކަމަށެވެ.