Advertisement

މަސްތުވާތަކެއްޗާއި ފައިސާއާއެކު ރަސްގަތީމުން ނުވަ މީހުން ހައްޔަރުކޮށްފި

3 ނޮވެންބަރު 2025 - 12:59 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތިތަކެއް ފުލުހުން ނައްތާލަނީ --- ފޮޓޯ: މުހައްމަދު ޝަހުޒާން


މަސްތުވާތަކެއްޗާއި ފައިސާއާއެކު ރަސްގަތީމުން ނުވަ މީހުން ހައްޔަރުކޮށްފި

3 ނޮވެންބަރު 2025 - 12:59 1

މަސްތުވާތަކެއްޗާއި އެއާ ގުޅުންހުރި ފައިސާއާއެކު ރ. ރަސްގަތީމުން ނުވަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

އެ ނުވަ މީހުން ވެސް ހައްޔަރުކުރީ ނޮވެމްބަރު 1، ގައި ހިންގި އޮޕަރޭޝަނެއްގައި ރަސްގަތީމު ގެއެއްގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ. އެ މީހުން ހައްޔަރުކުރިއިރު، އެ އެންމެން ވެސް ތިބީ މަސްތުވާތަކެތި ބޭނުން ކުރަން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ:

  1. އަހުމަދު ނިހާން، 23، ލޫނާ، ރ، ހުޅުދުއްފާރު
  2. އިބްރާހިމް ރިޝާމް، 36، އިރުދޭމާގެ، ރ. ރަސްގަތީމު
  3. އާދަމް ނަސީމް، 30، ފަތިސްހަނދުވަރުގެ، ރ. ހުޅުދުއްފާރު
  4. އަމީނާ މުހައްމަދު، 32، ހަނަފަސްގެ، ޅ. ނައިފަރު
  5. އައްޔޫބް އާދަމް، 33، އާސްމާނުވިލާ، ރ. ހުޅުދުއްފާރު
  6. ފަރީހާ ބިންތި އަލީ ވަހީދު، 21، ބީޗްސައިޑު، ހދ. ކުޅުދުއްފުށި
  7. އިބްރާހިމް އާދިލް، 38، ލައިނޫފަރުގެ، ރ. ހުޅުދުއްފާރު
  8. އަހުމަދު ވިޝާމް، 41، އިރުދޭމާގެ، ރ. ރަސްގަތީމު
  9. ހުސައިން ސަރްހާން، 30، އާސްމާނުވިލާ، ރ. ހުޅުދުއްފާރު

އެ މީހުން ހައްޔަރުކޮށް އެ ގެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 15 ކަރުދާސްކޮޅާއި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މަސްތުވާތަކެއްޗާ ގުޅުންހުރި ކަމަށް ބެލެވޭ 43،500ރ. ވެސް އެ ތަނުން ހޯދި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ނިހާން އާއި އާދިލް އާއި ނަސީމުގެ އިތުރުން ރިޝާމް 10 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އަމީނާ އާއި އައްޔޫބް އާއި ފަރީހާ އާއި އަލީ ވަހީދު އަދި ވިޝާމްގެ އިތުރުން ސަރްހާން 30 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.