Advertisement

ކޮޅުވެއްޓި ބަންޑުން ޖެހުން: ފަރުވާ ދެމުން ދިޔަ ދިވެއްސަކު ނިޔާވެއްޖެ

3 ނޮވެންބަރު 2025 - 07:59 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ރޭ މެންދަމު ނިޔާވި އަލީ އަފްލާހު އަބްދުﷲ، 25


ކޮޅުވެއްޓި ބަންޑުން ޖެހުން: ފަރުވާ ދެމުން ދިޔަ ދިވެއްސަކު ނިޔާވެއްޖެ

3 ނޮވެންބަރު 2025 - 07:59 0

މާލޭ ކައިރީގައި ބަނދަރުކޮށްފައި އޮތް އާގުބޯޓަކުން ހައިމާކުތަކެއް ބަރުކުރަން އޮތް ކޮޅުވެއްޓިއެއް އިއްޔެ ބަންޑުން ޖަހާލި ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާ ދެމުން ދިޔަ ދިވެއްސަކު ރޭ މެންދަމު ނިޔާވެއްޖެ އެވެ.

އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ އެމްޕީއެލް މުވައްޒަފެއް ކަމުގައިވާ ގއ. ގެމަނަފުށީ، އަލީ އަފްލާހު އަބްދުﷲ، 25، އެވެ. އޭނާ ނިޔާވިކަން އެ ކުންފުނިން ކަށަވަރުކޮށް ދިނެވެ.

އަފްލާހުގެ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު މަސްޖިދުއްތަޢާވުނި (އާސަހަރާ މިސްކިތް) ގަ އެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އެމްޕީއެލްގެ ވަޒީފާގައި ހުރި ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ މަަސޫދު ހޮސެއިން އިއްޔެ ނިޔާވި އެވެ.

އެމްޕީއެލްއާ ދިމާ ބޭރުގައި އަޅާފައި އޮތް ބޯޓުގައި ހުރި ހައިމާކްތައް ބޭލުމަށް އެ ބޯޓާ ކައިރިކޮށްފައި އޮތީ "އައި އެންޑް ސީ ހަލީމާ" ނަމަކަށް ކޮޅުވެއްޓި އެކެވެ. އެ ކޮޅުވެއްޓި ބަންޑުން ޖަހާލީ އެއް ހައިމާކް ދެ ވަނަ ބޯޓުން ނަގައި ކޮޅުވެއްޓީގައި ބެހެއްޓުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ.

އޭރު ކޮޅުވެއްޓީގައި 14 މީހުން ތިބި ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި އެމްޕީއެލްގެ މުވައްޒަފުން ވެސް ހިމެނެ އެވެ. އަނިޔާވި މީހުންނަނަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.

މިއީ މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ހިނގި ތިންވަނަ ހާދިސާ އެވެ. މިދިޔަ ޖޫން މަހު ހިނގި ހާދިސާގައި ދެ މީހަކު މަރުވިއިރު، މިދިޔަ މަހު ހިނގި ހާދިސާގައި ވެސް ތިން މީހަކު ވަނީ މަރުވެފަ އެވެ.