Advertisement

ފަށާފައި ހުރި މަޝްރޫއުތައް ނިންމާދިނުމަށް ހޯރަފުށީ ކައުންސިލްގެ ރައީސް ގޮވާލައްވައިފި

2 ނޮވެންބަރު 2025 - 13:48 0

އަރުޝަމް އަބްދުالله

އަރުޝަމް އަބްދުالله

ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު: އޭނާ ވިދާޅުވީ ސަރުކާރުން ވަރަަ -- ފޮޓޯ: މުންޝިދު މުހައްމަދު


ފަށާފައި ހުރި މަޝްރޫއުތައް ނިންމާދިނުމަށް ހޯރަފުށީ ކައުންސިލްގެ ރައީސް ގޮވާލައްވައިފި

2 ނޮވެންބަރު 2025 - 13:48 0

ހޯރަފުށީގައި ކުރީ ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް ވީ އެންމެ އަވަހަކަށް ނިންމައި ދިނުމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ސަރުކާރަށް ގޮވާލައްވައިފި އެވެ.

އަދަދު އަށް ދެއްވި އިންޓަވިއުއެއްގައި ވަހީދު ވިދާޅުވީ މިހާރު އެންމެ އަވަހަށް ބޭނުންވަނީ ރަށުގައި ފަށާފައި ހުރި މަޝްރޫއުތައް ނިމި, އެތަންތަނުގެ ހަގީގީ މަންފާ އާއި ނަފާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ކަންކަން ބައްޓަންވެގެން ދިއުން ކަމަށެވެ.

ވަހީދު ވިދާޅުވި ގޮތުގައި ރަށުގައި މިހާރު ހަދާފައިވާ ބޮޓްލިން ޕްލާންޓް އަކީ އެތައް މިލިއަން ރުފިޔާ އެއް ހަރަދު ކޮށްފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި އެތަން ހުރީ ހުޅުވޭނެ ވަރަށް ތައްޔާރީތައް ވެފައި ކަމަށާއި, އެހެންނަމަވެސް, މި ސަރުކާރު އައި ފަހުން އެތަނުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކައުންސިލާ, އަޅުގަނޑުމެން ރައްޔިތުން މަސައްކަތް ކޮށްގެން, ފެނަކަ ކޯޕަރޭޝަން އާއި ވާހަކަ ދައްކައިގެން, މިނިސްޓްރީ ލެވެލްގައި ވާހަކަ ދައްކައިގެން, އެތަން ރަނިން ކޮންޑިޝަންއަށް ގެނެވޭނެ ކަހަލަ ގޮތަކަށް ވަރަށް ބޮޑެތި ވާހަކަތައް މަޝްވަރާތައް އެބަދޭ. އަދިވެސް ހެޔޮ ނަތީޖާ އެއް ނުފެނޭ" ވަހީދު ވިދާޅުވި އެވެ.

އޭގެ އިތުރުން ހޯރަފުށީގައި ފެނަކައިގެ އާ އިމާރާތް ދެ ބުރިއަށް އިމާރާތް ކުރުމަށްފަހު, ހިޔާކުރުމާއި ހަމައަށް ގޮސް ހުއްޓުނު ގޮތައް އަދިވެސް މަސައްކަތް ނުފަށާ ކަމަށް ވަހީދު ވިދާޅުވި އެވެ. އަދި އެތަނުގެ މަސައްކަތް އަވަހަށް ނިންމާ ހޯރަފުށީ ފެނަކަ ބްރާންޗްގެ މުވައްޒަފުންނަށް އެތަން ބޭނުން ކުރެވޭ ގޮތް ފަހިކޮށްދޭން އޭނާ އެދިވަޑައިގަތެވެ.

"ފެނަކަ އޮޮފީސް އާ އިމާރާތް, ދެ ބުރިއަށް އަޅާފައި ހިޔާކުރުމަކާއި ހަމައަށް ދިޔަ ހިސާބުން ފެށިގެން އެ ހުއްޓުނު ގޮތައް އަދިވެސް އެހުރީ. ދަގަނޑުތައް އެދަނީ ދަބަރަށް ވެގެން." ވަހީދު ބުންޏެވެ.

ހޯރަފުށީ ރައްޔިތުންނަކީ އަބަދުވެސް ތަރައްގީ ބޭނުންވާ ބައެއް ކަން ފާހަގަކޮށް ވަހީދު ވަނީ އެ ތަރައްގީ ހޯރަފުށީގެ ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ތަރައްގީގައި ބުރެކި ޖެހިފައި މިހާރު ހޯރަފުށީގެ ރައްޔިތުން ތިބި ތިބުން ނިމުމަކަށް އަންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.