Advertisement

13 މިލިއަން ސިނގިރޭޓުގެ ވައްކަން: އާއްޓެ އާއި މުއާޒް ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

30 އޮކްޓޯބަރު 2025 - 21:01 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އަހްމަދު އާރިފް (އާއްޓެ) އާއި މުއާޒް އަލީ (ވ) -- ފޮޓޯ: ފުލުހުން


13 މިލިއަން ސިނގިރޭޓުގެ ވައްކަން: އާއްޓެ އާއި މުއާޒް ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

30 އޮކްޓޯބަރު 2025 - 21:01 0

އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި 13 މިލިއަން ސިނގިރޭޓުގެ މައްސަލައިގައި ހައްޔަރުކުރި ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓެ) އާއި ކަސްޓަމްސްގެ ކުރީގެ އޮފިސަރެއް ކަމަށްވާ މުއާޒް އަލީ ވެސް ޝަރީއަތް ނިމެންދެން މިއަދު ބަންދުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ނުވަ މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު، އާއްޓެ އާއި މުއާޒްގެ އިތުރުން ތިން މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްދޭން ފުލުހުން އެދުމުން އެ އެންމެން ވެސް ޝަރީއަތް ވަނީ ނިމެންދެން ކޯޓުން ވަނީ ބަންދުކޮށްފަ އެވެ.

އާއްޓެ އާއި މުއާޒްގެ އިތުރުން ޝަރީއަތް ނިމެެންދެން ބަންދުކުރަން މިއަދު އަމުރުކުރީ ކަސްޓަމްސްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް އާއި ކޮންޓެނައިރު އުފުލި ދޯނީގެ ކެޕްޓަން ކަމަށް ތުހުމަތުކުރެވޭ އާދަމް ވަހީދުގެ އިތުރުން އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ އަހްމަދު ފިރުސާން އެވެ.

މި މައްސަލައާ ގުޅިގެން ޝަރިއަތް ނިމެންދެން ބަންދުކޮށްފައި މިވަގުތު ޖުމްލަ ތިބި ހަތް މީހުންގެ ތެރޭގައި ވިޔަފާރިވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ހަސަން އަބްދުއްރަހްމާން ހިމެނެ އެވެ.

އޭގެއިތުރުން އެމްޕީއެލްގެ ދެ މުވައްޒަފެއް ކަމަށްވާ ހުސައިން ސާމިހް އާއި އަހްމަދު ޝަހީމްގެ ބަންދަށް ފުރަތަމަ ޖެހި މުއްދަތު މިހާތަނަށް ހަމަނުވެ އެވެ.

ސިނގިރޭޓު ވައްކަމާ ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަގަށް ނެގި ކޮންޓެއިނަރުތަކުގެ ބައިތަކެއް ވެސް އޮކްޓޯބަރު 19، ގައި ތިލަފުށިން ހޯދައިފަ އެވެ.

މި ނޫހަށް ލިބިފައިވާ ފޮޓޯއަކުން ފެންނަ ގޮތުގައި ތިލަފުށީގައި ކޮންޓެއިނަރުތައް ބަހައްޓާފައިހުރީ ރޫޅާލުމަށްފަހު ބައިތައް ވަކިވަކިންނެވެ.

މި މައްސަލައާ ގުޅިގެން ކަސްޓަމްސް އިން ވަނީ ހައްޔަރުކުރި ޒިވާރު ވަޒީފާއިން ސަސްޕެންޑުކޮށްފަ އެވެ. އަދި، އެމްޕީއެލްގެ ހަ މުވައްޒަފަކު ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ސިނގިރޭޓު ދެ ކޮންޓެއިނަރު ވަގަށް ނެގީ މީގެ ދެ މަސްދުވަސް ކުރިންނެވެ. އެއީ އޭޕްރީލް މަހު ވަގަށް އެތެރެ ކުރަނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ. އެ ސިނގިރޭޓުތަކުގެ ޑިއުޓީއަށް ވެސް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރަ އެވެ.

އެ ސިނގިރޭޓުތައް އެތެރެ ކުރީ ސައުދީ ބިންލާދިން ގްރޫޕުން އެތެރެ ކުރި ދެ ކޮންޓެއިނަރުގެ ތެރޭގަ އެވެ. ކޮންޓެއިނަރު އެތެރެ ކުރީ ލިއޯ ޓްރޭޑިން ކުންފުނިންނެވެ. ކަސްޓަމްސް އިން ބުނީ ވަގަށް ސިނގިރޭޓު އެތެރެ ކުރާކަން އެނގިގެން އެ ދެ ކޮންޓެއިނަރު ފްލެގު ކުރީ ކަސްޓަމްސްއިން ކަމަށެވެ.

ކޮންޓެއިނަރުގައި ހުރި ސިނގިރޭޓުތައް ވަގަށް ނެގުމަށްފަހު ވަގުން ހުރީ އެ ތަނުގައި ނަކަލުކޮށް ބެހެއްޓި ދެ ކޮންޓެއިނަރުގެ ތެރޭގައި ފޮޓޯގަނޑެއް ހަރުކޮށްފަ އެވެ. އެ ފޮޓޯގަނޑަކީ، ޕީޕީއެމްގެ އޮފީހަށް މައުމޫން ވަދެވަޑައިގެން "ގރހަނޑާ ދެން" ލިޔެފައި އިން ފާރެއްގެ ކައިރީގައި ހުއްޓިވަޑައިގެން ނަންގަވާފައިން ފޮޓޯގަނޑެކެވެ.