Advertisement

ފުރަތަމަ މޮޅާ އެކު ވިކްޓަރީ ކޯޗު ގެރީ އަށް އިތުބާރު

29 އޮކްޓޯބަރު 2025 - 04:36 0

ވިކްޓަރީގެ ކޯޗު ގެރީ: އޭނާ ހަވާލުވި ފަހުން ވިކްޓަރީން ވަނީ ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފައި.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް


ފުރަތަމަ މޮޅާ އެކު ވިކްޓަރީ ކޯޗު ގެރީ އަށް އިތުބާރު

29 އޮކްޓޯބަރު 2025 - 04:36 0

ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކޯޗު، ސްލޮވާކިއާގެ ޔުއެފާ ޕްރޯ ލައިސަންސް ކޯޗު، ޖޯޖްލީ ގެރީ ހަވާލުވި ފަހުން ލިބުނު ފުރަތަމަ މޮޅާ އެކު، އިތުބާރާ އެކު ކުރިއަށްދާން ހިތްވަރެއް ލިބިފައިވާ ކަމަށް ބުނެފި އެވެ.

ސީޒަން ފެށި ފަހުން، ވިކްޓަރީއާ ހަވާލުވެ، ގެރީ އެ ޓީމު ގޮވައިގެން ފުރަތަމަ ވެސް ނުކުންނަން ޖެހުނީ ލީގުގައި އެންމެ ވަރުގަދަ އެއް ޓީމު، އަދި ވިކްޓަރީގެ ޒަމާންވީ ވާދަވެރިޔާ، ނިއު ރޭޑިއަންޓާ ދެކޮޅަށެެވެ. އެ މެޗުން 4-0 އިން ވިކްޓަރީ ބަލިވިއިރު، ދެ ވަނަ މެޗުގައި، ޓީސީ ސްޕޯޓްސް ކްލަބާ ކުޅެގެން، ވިކްޓަރީ 1-0 އިިން މޮޅުވި އެވެ.

ވިކްޓަރީން ސީޒަނުގައި ދެ ވަނަ މޮޅު ހޯދިއިރު، ގެރީއާ އެކު، ނުކުމެ ހޯދި ފުރަތަމަ މޮޅަކީ ޓީސީ މެޗެވެ. އޭނާ ބުނީ، އެ މެޗުގެ ފުރަތަމަ ހާފުގައި ކަންތައްތައް ދިޔައީ ވަރަށް ރަނގަޅަށް ކަަމަށެވެ.

"އަހަރެމެން ފުރަތަމަ ހާފުގަައި ކޮންޓްރޯލް ނަގައިގެން ކުޅެ، ލީޑުގައި އޮވެ ނިންމާލީ. އެކަމަކު، އަހަންނަށް ނޭނގެ ފުރަތަމަ ހާފަށް ފަހު ދެން މި އައި ކަންތައްތަކެއް، އަހަރެމެން މި މެޗަށް ނުކުތީ ނަތީޖާ ނެރެން، އެކަން ހާސިލްވެއްޖެ، ފުރަތަމަ ހާފަށް ބަލައިގެން ކުރިއަށްދެވިދާނެ، އެކަމަކު، ދެ ވަނަ ހާފުގައި އެ ދިޔަ ގޮތް ވީ އެންމެ އަވަަހަށް ހަނދާން ނައްތާލައި، ކަންކަން ރަނގަޅުކުރަންޖެހޭ،" ގެރީ ބުންޏެވެ.

ފަސް މެޗުން ހަ ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގައި ވިކްޓަރީ އޮތްއިރު، ގެރީ ބުނީ، ޓީސީ އަތުން ލިބުނު ކާމިޔާބާ އެކު، ޓީމުގެ ކޮންފިޑެންސް ރަނގަޅުވެ، ދެން ހުރި މެޗުތަކުގައި އިތުރަށް މަސައްކަތް ކުރުމަށް ކަންކަން ދަސްވެގެންދިޔަ ކަމަށެެވެ. އަދި، ކުރިއަށް ހުރި މެޗުތަކުގައި ވިކްޓަރީ އަންނާނީ އިތުރަށް ރަނގަޅުވަމުން ކަމުގެ އިތުބާރު ލިބިފައިވާ ކަމަށް ގެރީ ވަނީ ފާހަގަކޮށްފަ އެވެ.

ވިކްޓަރީ އަށް ދެން އެންމެ އަވަަހަށް އޮންނާނެ މެޗަކީ، ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ހޮނިހިރު ދުވަހު ހަވީރު ކުޅޭ މެޗެވެ.