Advertisement

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސް ކަމަށް ޝުއައިބު އައްޔަނުކޮށްފި

27 އޮކްޓޯބަރު 2025 - 21:00 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސް ކަމަށް އައްޔަނުކުރި ޝުއައިބު -- ފޮޓޯ: ސަން އޮންލައިން


ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސް ކަމަށް ޝުއައިބު އައްޔަނުކޮށްފި

27 އޮކްޓޯބަރު 2025 - 21:00 0

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ރައީސް ކަމަށް އެ ކޮމިޝަނުގެ މެންބަރު، ޝުއައިބު އަބްދުއްރަހުމާނު އައްޔަނުކޮށްފި އެވެ.

އެންއައިސީގެ ރައީސްކަމަށް ޝުއައިބު އައްޔަނު ކުރީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެވެ. އޭނާ އެ މަގާމަށް އަޔަނުކުރުމުން އެ ކޮމިޝަނުން ވަނީ އޭނާއަށް މަރުހަބާ ކިޔައި އެކްސްގައި ޕޯސްޓެއް ވެސް ކޮށްފަ އެވެ. ޝުއައިބުއަކީ ނިމުނު ދައުރުގައި ވެސް އެ ކޮމިޝަނުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.

އެންއައިސީގެ ހުސްވެފައިވާ ހަތަރު މެންބަރުންގެ މަގާމަށް ބޭފުޅުން އައްޔަނުކުރީ އިއްޔެ އެވެ. އެންއައިސީއަށް އައްޔަނުކުރި ބޭފުޅުންނަކީ:

  • ދަފްތަރު ނަންބަރު ރސ 1188، ޝުއައިބު އަބްދުއްރަޙްމާ
  • ދަފްތަރު ނަންބަރު ރސ 12854، ޝިފާޒު އަލީ
  • ދަފްތަރު ނަންބަރު ރސ 1851، އަލީ މުހައްމަދުމަނިކު
  • ގދ. ތިނަދޫ މާކޯޅި، ފާތިމަތު ޝަރީފް

އެންއައިސީގައި ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރެއްގެ ދައުރު ހަމަވީ އިއްޔެ އެވެ.

ޝުއައިބުގެ އިތުރުން ނިމިދިޔަ ދައުރުގައި އެ ކޮމިޝަނުގައި ތިއްބެވީ އެ ކޮމިޝަނުގެ ރައީސް، ގާސިމް އަބްދުލްކަރީމް އާއި ނައިބުރައީސް، އާއިޝަތު ނިއުޝާގެ އިތުރުން މެންބަރު، އާމިނަތު ޝާދިޔާ އެވެ.