27 އޮކްޓޯބަރު 2025 - 10:28 0
ލީވާން އަލީ ނާސިރު
މުއިއްޒު ލ. އަތޮޅަށް ކުރެއްވި ދަތުރެއްގެ ތެރެއިން: ޅ. އަތޮޅާއި ކ. އަތޮޅަށް ކުރައްވާ ދެ ދުވަހުގެ ދަތުރެއްގައި މުއިއްޒު ވަނީ ފުރާވަޑައިގެންފައި -- ފޮޓޯ: ރައީސް އޮފީސް
27 އޮކްޓޯބަރު 2025 - 10:28 0
ޅ. އަތޮޅާއި ކ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރެއްގައި މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފި އެވެ.
ޅ. އަތޮޅުގެ ހުރިހާ ރަށަކަށް މުއިއްޒު ކުރައްވާ ދަތުރުގައި އެ އަތޮޅުގެ ހިންނަވަރު، ނައިފަރު، ކުރެންދޫ އަދި އޮޅުވެލިފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ޅ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރުމަށްފަހު މުއިއްޒު ދެން ވަޑައިގަންނަވާނީ ކ. އަތޮޅު ކާށިދޫ، ދިއްފުށި އަދި ތުލުސްދޫއަށެވެ.
އެ ދަތުރުގައި ވަޑައިގަންނަވާ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ މުއިއްޒު ބައްދަލުކުރައްވާނެ އެވެ.
ދަތުރުގައި މުއިއްޒުއާއެކު ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވަޑައިގަންނަވަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވަމުން އަންނަ ދަނޑިވަޅުގައި މުއިއްޒު އަންނަނީ ރާއްޖޭގެ އެކި އަތޮޅުތަކަށް ޒިޔާރަތް ކުރައްވައި އައު ވައުދުތަކެއް ވަމުންނެވެ.
ނަމަވެސް ރައީސް އޮފީހުން ބުނަނީ އެއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރެއް ކަމަށެވެ.
Comment