Advertisement

ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ދައުވާ ނުކުރާ މައްސަލަތަކުގެ ލިޔެކިޔުން ނައްތާނުލާން އަންގައިފި

26 އޮކްޓޯބަރު 2025 - 13:19 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް


ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ދައުވާ ނުކުރާ މައްސަލަތަކުގެ ލިޔެކިޔުން ނައްތާނުލާން އަންގައިފި

26 އޮކްޓޯބަރު 2025 - 13:19 0

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ ނުކުރަން ނިންމާ މައްސަލަތަކުގައި ލިޔެކިޔުން ނައްތާލުމުގެ ކުރިން ލަފާ ހޯދުމަށް ފުލުހުންނަށް އެ އޮފީހުން އަންގައިފި އެވެ.

ރެކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ގަވާއިދަށް މިފަހުން އިސްލާހެއް ގެނަ އެވެ. އެ އިސްލާހުގައިވާ ގޮތުން ޕީޖީއިން ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔެކިޔުންތައް، އެ ނިންމުން ނިންމާ ތާރީހުން ފެށިގެން އެއް އަހަރު ތެރޭ ނައްތާލެވިދާނެ ހާލަތްތަކާއި އިޖުރާއަތްތައް ވަނީ ބަޔާންކޮށްފަ އެވެ.

ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް ނިންމާ މައްސަލަތަކުގެ ލިޔެކިޔުންތަކުގެ އަަސްލު ޖިނާއި އެހެން ދައުވާތަކާ ގުޅިގެން ބޭނުންކުރަންޖެހޭ ހާލަތްތަކެއް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ޕީޖީން ބުނެ އެވެ.

އެފަދަ މައްސަލަތަކުގައި ހިމެނޭ ލިޔެކިޔުންތައް ރައްކާތެރިކުރުމާއި، ނައްތާލުމާ ގުޅޭ އިރުޝާދެއް ތަހުގީގީ އިދާރާތަކަށް ފޮނުވުމަށް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕީޖީން ބުނެ އެވެ.

"އެ އިރުޝާދު އެކުލަވާލައި ދިވެހި ފުލުހުންގެ ހިދުމަތާ ހިއްސާކުރެވެންދެން، މި އޮފީހުގެ ލަފާ ލިޔުމުން ހޯދައިގެން މެނުވީ ޖިނާއީ އެއްވެސް މައްސަލައެއްގެ ލިޔެކިޔުންތަކުގެ އަސްލު ނައްތާނުލުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް މިއަދު ވާނީ ދަންނަވާފައި،" ޕީޖީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އާންމު އުސޫލެއްގެ ގޮތުން ކުދި ކުށްތަކުގެ ލިޔެކިޔުން ތިން އަހަރާއި ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ރައްކާ ކުރެ އެވެ. އަދި ބޮޑެތި ޖިނާއީ ކުށްތަކުގެ ލިޔެކިޔުން 10 އަހަރު ވަންދެން ބަހައްޓަ އެވެ/