Advertisement

އައްޑޫގައި ވަކިވަކި ކައުންސިލްތައް ގާއިމުކުރަން ފެނޭތޯ ބަލަން ނަގާ ވޯޓަށް ތަރުހީބެއް ނެތް!

25 އޮކްޓޯބަރު 2025 - 11:53 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އައްޑޫގައި ވަކިވަކި ކައުންސިލްތައް ގާއިމުކުރުމާ ބެހޭގޮތުން ނަގާ ރިފަރެންޑަމްގެ ވޯޓުލުމަށް މާލޭގައި ހާއްސަކޮށްފައި ހުރި މަރުކަޒު -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


އައްޑޫގައި ވަކިވަކި ކައުންސިލްތައް ގާއިމުކުރަން ފެނޭތޯ ބަލަން ނަގާ ވޯޓަށް ތަރުހީބެއް ނެތް!

25 އޮކްޓޯބަރު 2025 - 11:53 2

އައްޑޫ ސިޓީ ކައުންސިލް، އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ގާއިމު ކުރަން ފެނޭތޯ ބަލަން ނަގާ އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުލުން ފެށިތާ ތިން ގަޑިއިރުވީއިރު ވޯޓުލީ އެންމެ 12 ޕަސެންޓު މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އައްޑޫ ސިޓީން އެ އަތޮޅު ފޭދޫ އާއި މީދޫ އަދި ހުޅުދޫ ވަކިވާން ފެނޭތޯ ބެލުމަށް ނަގާ އެ ވޯޓުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 އެވެ. ވޯޓުލުން ކުރިއަށް ދާނީ ހަވީރު 4:00 ޖަހަންދެނެވެ. މިއަދުގެ 11:00 އާ ހަމައަށް ވޯޓުލީ ޖުމުލަ މީހުންގެ އަދަދަކީ 1189 މީހުންނެވެ. އެއީ 534 އަންހެނުންނާއި 655 ފިރިހެނުންނެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލަ އަދަދަކީ 9576 އެވެ.

ވޯޓުލުން ކުރިއަށް ދަނީ އައްޑޫ އާއި މާލޭގަ އެވެ. މާލޭގައި ހަތް ވޯޓު ފޮށި ބަހައްޓާފައިވާއިރު، ހުޅުދޫ އާއި މީދޫގައި، ކޮންމެ އަވަށެއްގައި ތިން ފޮށި އަދި ފޭދޫގައި ފަސް ފޮށި ބަހައްޓާފައިވެ އެވެ.

މިއަދުގެ ވޯޓުގައި ހިމެނެނީ ކޮންމެ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި އައްޑޫ ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ބެހޭ ސުވާލުތަކެވެ.

އެންމެފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އައްޑޫ ސިޓީއަށް ރެޖިސްޓްރީވެފައިވާ 35،359 ދިވެހިން އެބަތިއްބެވެ. އެ ސިޓީގައި ދިރިއުޅޭ އާބާދީއަކީ 25،062 އެވެ. އޭގެ ތެރެއިން 20،000 ހާހަކަށް މީހުންނަކީ ދިވެހިން ކަމަށްވާއިރު ބިދޭސީންގެ އާބާދީއަކީ ގާތްގަނޑަކަށް 5،000 އެވެ.

ފޭދޫއަކީ އާބަދީ ބޮޑު ރަށެކެވެ. އެ ރަށުގައި ރަޖިސްޓާޑް އާބާދީ 5،810 އަށް އަރަ އެވެ. ހުޅުދޫ އާއީ މީދޫގެ އާބާދީ އެއްކޮށްލުމުން 6،845 އަށް އަރަ އެވެ.