Advertisement

މަހެއް ތެރޭ މުސާރަ އާއި އިނާޔަތްތަކަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި

23 އޮކްޓޯބަރު 2025 - 13:38 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު (ކ)، އަދި ފިނޭންސް މިނިސްޓަރު ޒަމީރު: މަހެއް ތެރޭ މުސާރަ އާއި އިނާޔަތްތަކަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފަ ---- ފޮޓޯ: ރައީސް އޮފީސް


މަހެއް ތެރޭ މުސާރަ އާއި އިނާޔަތްތަކަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި

23 އޮކްޓޯބަރު 2025 - 13:38 0

ދައުލަތުގެ ބަޖެޓުން ނިމިދިޔަ މަސްދުވަހުގެ ތެރޭގައި މުސާރައާއި އިނާޔަތްތަކަށް އަދި ޕެންޝަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

މަހަކަށްވުރެ ގިނަ ދުވަހު މާލީ ހިސާބުތައް އާންމުކުރުން މެދުކަނޑާލާފައި އޮތުމަށްފަހު ފިނޭންސް މިނިސްޓްރީން ހިސާބުތައް އާންމުކުރީ އިއްޔެ އެވެ. އިއްޔެ އާންމު ކުރީ އޮކްޓޯބަރު 16، އާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލެެވެ.

އޭގެ ކުރިން މި ހިސާބުތައް ހާމަކޮށްފައި ހުރީ ސެޕްޓެމްބަރު 18، އާއި ހަމައަށެވެ.

ސެޕްޓެމްބަރު 18، އާއި ހަމައަށް މުސާރަ އާއި އިނާޔަތްތަކަށް ހަރަދުކޮށްފައިވަނީ 9.6 ބިލިއަން ރުފިޔާ އެވެ. މަހެއްހާ ދުވަސް ފަހުން އޮކްޓޯބަރު 16، ވީއިރު އެ އަދަދު ވަނީ 10.8 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ 1.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މީގެ ތެރެއިން ވަކި ވަކި ހަރަދުތަކަށް ބަލާއިރު؛

  • މަހެއް ތެރޭ މުސާރައަށް އެކަނި 559.4 މިލިއަން ރުފިޔާ ހަރަދުކުރި
  • މަހެއް ތެރޭ އިނާޔަތްތަކަށް 476 މިލިއަން ރުފިޔާ ހަރަދުކުރި
  • 65 އަހަރު ފުރުމުން ދޭ އިނާޔަތް ހިމެނޭހެން ޕެންޝަނަށް މަހެއް ތެރޭ 183.2 މިލިއަން ރުފިޔާ ހަރަދުކުރި

މިދިޔަ އަހަރާއި އަޅާކިޔާއިރު މުސާރައަށް 312.9 މިލިއަން، އިނާޔަތްތަކަށް 218.1 މިލިއަން، އަދި ޕެންޝަންތަކަށް 108.9 މިލިއަން ރުފިޔާ މި އަހަރުގެ އޮކްޓޯބަރު 16، އާއި ހަމައަށް ވަނީ އިތުރަށް ހަރަދުކޮށްފަ އެވެ.

މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު އިތުރުވެފައި މިވަނީ، މި ސަރުކާރުން ސިޔާސީ މުވައްޒަފުންގެ އަދަދު ދަމަހައްޓާނެ ކަމަށް ބުނި އަދަދު ކަމަށްވާ 700 އަށްވުރެ ގިނައިން މުވައްޒަފުން ނަގާފައި ވަނިކޮށެވެ. ސިޔާސީ މުވައްޒަފުންގެ ރަސްމީ އަދަދުގެ ގޮތުގައި ސަރުކާރުން ބުނަނީ 922 އެވެ.

ނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނަނީ ސިޔާސީ މުވައްޒަފުންގެ އަސްލު އަދަދު ހުރީ 2،000 އިން މަތީގަ ކަމަށެވެ. ސަރުކާރުން ސިޔާސީ މުވައްޒަފުންގެ އަދަދު ގުނީ ރައީސް އޮފީހާއި މުލީއާގެ އަދި ހިލާލީ ގޭގެ މުވައްޒަފުން ނުހިމަނަ އެވެ.