Advertisement

އައްޑޫގައި ރަށު ކައުންސިލްތައް އުފައްދަން ފެނޭތޯ ނަގާ ވޯޓަށް ރީ-ރަޖިސްޓްރީކުރަން އިތުރު ފުރުސަތު ދީފި

17 އޮކްޓޯބަރު 2025 - 20:43 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓު ފޮށްޓެއް ގުނަން އީސީގެ އޮފިޝަލުން ތައްޔާރުވަނީ ---- ފޮޓޯ: އަދަދު


އައްޑޫގައި ރަށު ކައުންސިލްތައް އުފައްދަން ފެނޭތޯ ނަގާ ވޯޓަށް ރީ-ރަޖިސްޓްރީކުރަން އިތުރު ފުރުސަތު ދީފި

17 އޮކްޓޯބަރު 2025 - 20:43 0

އައްޑޫ ސިޓީ ކައުންސިލްގެ ބަދަލުގައި ވަކިވަކި ރަށު ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ނަގާ އާންމު ހިޔާލު ހޯދުމުގެ ވޯޓުގައި ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންއިން މި ވޯޓުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް، ރީ-ރަޖިސްޓްރީ ވާން ފުރަތަމަ ހުޅުވާލި މުއްދަތު ހަމަވީ އިއްޔެ އިރުއޮއްސި 6:00 އާ ހަމައަށެވެ. ނަމަވެސް، އީސީއިން މިހާރު ވަނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރީ-ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

މި މަހު 25، ގައި ނަގާ މި ވޯޓުގައި ފުރަތަމަ ހިމެނުނު ހުޅުދޫ އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގަން ފެނޭތޯ އޮތް ސުވާލު ރައީސް މުހައްމަދު މުއިއްޒު މިހާރު ވަނީ އުނިކުރައްވައިފަ އެވެ. އެހެންކަމުން މި ވޯޓުގައި ދެން ހިމެނޭނީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ބެހޭ ސުވާލުތައް އެކަންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އައްޑޫ އާންމު ވޯޓުގައި 11 ވޯޓު ފޮށްޓެއް އައްޑޫގައި ބަހައްޓާއިރު، ހަތް ވޯޓު ފޮށްޓެއް މާލޭގައި ބަހައްޓާނެ ކަމަށެވެ. މާލޭގައި ވޯޓު ފޮށިތައް ބަހައްޓަނީ ކަލާފާނު ސްކޫލުގަ އެވެ.

ވޯޓު ފޮށިތައް ބަހައްޓާ ތަންތަނާއި ތަފްސީލް:

  • އައްޑޫ، ހުޅުދޫ-1: އައްޑޫ ސިޓީ، ހުޅުދޫ ސްކޫލުގެ ހޯލް ހުޅަނގު.
  • އައްޑޫ، ހުޅުދޫ-2: އައްޑޫ ސިޓީ، ހުޅުދޫ ސްކޫލުގެ ހޯލް އިރުމަތި.
  • އައްޑޫ، ހުޅުދޫ-3: އައްޑޫ ސިޓީ، ހުޅުދޫ ސ. އަތޮޅު މަދުރަސާ ހޯލް.
  • އައްޑޫ، މީދޫ-1: އައްޑޫ ސިޓީ، މީދޫ އައިޔޫއެމް އައްޑޫ ސިޓީ ލާނިން ސެންޓަރު ހޯލްގެ އިރުމަތި.
  • އައްޑޫ މީދޫ-2: އައްޑޫ ސިޓީ، މީދޫ އައިޔޫއެމް އައްޑޫ ސިޓީ ލާނިން ސެންޓަރުގެ ކްލާސް ރޫމް 2.
  • އައްޑޫ، މީދޫ-3: އައްޑޫ ސިޓީ، މީދޫ އައިޔޫއެމް އައްޑޫ ސިޓީ ލާނިން ސެންޓަރު ހޯލްގެ ހުޅަނގު.
  • އައްޑޫ، ފޭދޫ-1: އައްޑޫ ސިޓީ، ފޭދޫ ސްކޫލް ހޯލުގެ ދެކުނު.
  • އައްޑޫ، ފޭދޫ-2: އައްޑޫ ސިޓީ، ފޭދޫ ސްކޫލް ހޯލުގެ މެދު.
  • އައްޑޫ، ފޭދޫ-3: އައްޑޫ ސިޓީ، ފޭދޫ ސްކޫލް ހޯލުގެ އުތުރު.
  • އައްޑޫ، ފޭދޫ-4: އައްޑޫ ސިޓީ، ފޭދޫ ބިލްޑިންގެ އޭ ޔޫކޭޖީ ކްލާސްރޫމް.
  • އައްޑޫ، ފޭދޫ 5: އައްޑޫ ސިޓީ، ފޭދޫ ބިލްޑިންގެ އޭ އެލްކޭޖީ ކްލާސްރޫމް.
  • އައްޑޫ ސިޓީ، މާލެ-1: މާލެ، ކަލާފާނު ސްކޫލް ހޯލުގެ އުތުރު.
  • އައްޑޫ ސިޓީ، މާލެ-2: މާލެ، ކަލާފާނު ސްކޫލް ހޯލުގެ މެދު.
  • އައްޑޫ ސިޓީ، މާލެ-3: މާލެ، ކަލާފާނު ސްކޫލް ހޯލުގެ ދެކުނު.
  • އައްޑޫ ސިޓީ، މާލެ-4: މާލެ، ކަލާފާނު ސްކޫލްގެ ކްލާސް 1A.
  • އައްޑޫ ސިޓީ، މާލެ-5: މާލެ، ކަލާފާނު ސްކޫލް ކްލާސް 1B.
  • އައްޑޫ ސިޓީ، މާލެ-6: މާލެ، ކަލާފާނު ސްކޫލް ކްލާސް 10E.
  • އައްޑޫ ސިޓީ، މާލެ-7: މާލެ، ކަލާފާނު ސްކޫލްގެ ކްލާސް 1C.

އައްޑޫ ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާ ގުޅޭގޮތުން ވޯޓެއް ނަގަން ވަޒީރުންގެ މަޖިލީހުން ނިންމީ އޮކްޓޫބަރު 5، ގަ އެވެ. އެ ނިންމުން ވަޒީރުންގެ މަޖިލީހުން ނިންމީ އެކަން އެގޮތަށް ކޮށްދިނުމަށް އެދި އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ބުނެ އެވެ.