Advertisement

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އިތުރު މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

16 އޮކްޓޯބަރު 2025 - 16:12 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން ސަލާމަތީ ހިދުމަތްތަކުން ހަރަކާތްތެރިވަނީ -- ފޮޓޯ: މެރިން ޕޮލިސް


ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އިތުރު މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

16 އޮކްޓޯބަރު 2025 - 16:12 0

ރޭގައި ބަންޑުން ޖަހާލި "އަލްމާކް-ފިޔަ" ކޮޅުވެއްޓިން ގެއްލުނު ތިން މީހުންގެ ތެރެއިން މަރުވެފައި އޮއްވައި އިތުރު މީހަކު ފެނިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ގެއްލުނު ތިން މީހުންގެ ތެރެއިން ދެވަނަ މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ނެގީ ކަނޑު އަޑިން ކަމަށެވެ.

"ބަންޑުން ޖަހާލި އަލްމާކް-ފިޔަ ލޭންޑިން ކްރާފްޓުން ގެއްލުނު ތިން މީހުންގެ ތެރެއިން ދެވަނަ މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ކަނޑުގެ އަޑިން ނަގާފައި،" އެމްއެންޑިއެފް އިން ބުންޏެވެ.

ކަނޑު އަޑިން ނެގި ދެވަނަ މީހާއަކީ އިންޑިއާއަށް ނިސްބަތްވާ މީހެކެވެ. ގެއްލިގެން ހޯދާ ތިންވަނަ މީހާއަކީ ސްރީ ލަންކާގެ ރައްޔިތެކެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި މަރުވެފައި އޮއްވައި ފެނުނު ފުރަތަމަ މީހާއަކީ ގއ. ދާންދޫ، ސަރުސޫނުގެ، އަހުމަދު ޝިފާން، 38، އެވެ. އޭނާގެ ހަށިގަނޑު އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމަށް ފެނުނީ މިއަދު ހެނދުނު އެވެ.

މެރިން ޕޮލިސްއިން ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލީ ރޭ މެންދަމު 3:48 ހާއިރު އާއިލާފުށި ރިސޯޓާ އެއް މޭލު ބޭރަށް ކަމަށެވެ. ކޮޅުވެއްޓި ދަތުރުކުރަމުން ދިޔައީމާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށެވެ.

އެ އުޅަނދުން ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހަކު ތިބީ އޭގައި އޮތް އެކްސްކެވޭޓަރެއްގެ ތެރޭގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް މެރިން ޕޮލިހުން ބުނެފައިވެ އެވެ.