16 އޮކްޓޯބަރު 2025 - 11:29 0
އަމަން ހަލީމް
ެއެސްބީއައި ހުޅުމާލޭ ބްރާންޗުގެ ނަން ބޯޑު: ޑޮލަރު ލިބުން ދަތިވީ ސަބަބެއް އެ ބޭންކުން ނުބުނޭ --- ފޮޓޯ: ސައިން އޯ ފްރޭމް
16 އޮކްޓޯބަރު 2025 - 11:29 0
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޑޮލަރު ލިބުން ދަތިވެގެން، ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ މީހުންގެ މުސާރަ ފޮނުވޭ އަދަދު 150 ޑޮލަރަށް ތިރިކޮށް، އެ ބޭންކުގެ ރުފިޔާ ކާޑުތައް ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭ ގޮތަށް ހަދަން ނިންމައިފި އެވެ.
އެސްބީއައިގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ އިއުލާނެއްގައި ވަނީ، މި މަހުގެ 25 އިން ފެށިގެން މި ބަދަލުތަކަށް އަމަލުކުރަން ފަށާނެ ކަމަށެވެ.
އެސްބީއައިގެ ރުފިޔާ-ރުޕީސް ރެމިޓަންސްގެ ދަށުން މުސާރަ ފޮނުވާއިރު، ދިވެހި ރުފިޔާއިން ޖަމާކުރުން އިންޑިއާ ރުޕީސްއިން އެ ފައިސާ އިންޑިއާގައި ހުންނަ އެކައުންޓުތަކަށް ޖަމާކޮށްދެމުން ދިޔަ އެވެ. މިއީ ރާއްޖޭގައި މަސައްކަތް އިންޑިއާ މީހުންނާއި އެމްޕްލޯޔަރުންނަށް ވެސް ފަސޭހަކޮށްދިނުމުގެ ބޭނުމުގައި އެ ބޭންކުން ކުރަމުން ދިޔަ ކަމެކެވެ.
ނަމަވެސް އާ ބަދަލުތަކާއެކީ، އެސްބީއައިއިން ފޮނުވޭނީ 2،313ރ. އާ ހަމައަށެވެ. ބާކީ މުސާރަ ފޮނުވަން ބޭނުން ނަމަ ޖެހޭނީ ބޭންކަށް ޑޮލަރު ޖަމާކުރާށެވެ. މި ގޮތަށް ޑޮލަރު ލިބެން އޮތް ހަމައެކަނި މަގަކީ ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަތުމެވެ. މިހާރު ހުރި ރޭޓުތަކުގައި، މާރުކުރަން ގިނަ އަދަދެއްގެ ފައިސާ ހަރަދުކުރަން ޖެހޭނެ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި 30،000 ގާތްކުރާ އަދަދަކަށް އިންޑިއާ މީހުން މަސައްކަތް ކުރެ އެވެ. އިންޑިއާ މީހުން އެންމެ ގިނައީ ކޮންސްޓަރްޝަނާއި ޓޫރިޒަމާއި ފިނޭންސް ދާއިރާގަ އެވެ.
އެސްބީއައިއަށް ޑޮލަރު ލިބުން ދަތިވެގެން އުޅެނީ ކީއްވެގެން ކަމެއް އެ ބޭންކުން ނުބުނެ އެވެ. ނަމަވެސް މިކަމާ ގުޅޭ މައުލޫމާތު އެނގޭ މަސްދަރަކުން ބުނީ ބޭރު ފައިސާ ގާނޫނުގެ ދަށުން މާރުކުރާ ޑޮލަރުގެ ބޮޑު އިންސައްތައެއް އެމްއެމްއޭއަށް ނަގައި، ސަރުކާރު ހިއްސާވާ ބޭންކުތަކަށް އެ ޑޮލަރުގެ ބޮޑު ބަޔެއް އިންޖެކްޓު ކުރަމުން ދާތީ ކަމަށެވެ.
އެސްބީއައިއަށް ވެސް ޑޮލަރު ވަންނަނީ ޓޫރިޒަމުންނެވެ. ރިސޯޓުތައް ތަރައްގީކުރަން ވެސް ގިނަ އަދަދެއްގެ ލޯނުތަކެއް ދޫކޮށްގެން، ބޮޑު ފައިދާއެއް ހޯދާފައިވާ ބޭންކެކެވެ.
Comment