Advertisement

ހުލާސާކޮށް އިއްެޔެ: ޕޭޕަލް މެދުވެރިކޮށް ފައިސާ ގެނައުމުގެ ހުއްދަ އުރީދޫއަށް

16 އޮކްޓޯބަރު 2025 - 06:33 0

އިންވާޑް ރެމިޓެންސް ލައިސެންސް އުރީދޫއާ ހަވާލު ކުރަނީ -- ފޮޓޯ: އުރީދޫ


ހުލާސާކޮށް އިއްެޔެ: ޕޭޕަލް މެދުވެރިކޮށް ފައިސާ ގެނައުމުގެ ހުއްދަ އުރީދޫއަށް

16 އޮކްޓޯބަރު 2025 - 06:33 0

ބޭރުގެ އެކައުންޓުތަކުން ދިވެހިރާއްޖެއަށް ފައިސާ ފޮނުވުމަށް ބޭނުންވާ އިންވާޑް ރެމިޓެންސް ލައިސެންސް އުރީދޫ ފިންޓެކްއަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިއްޔެ ދީފި އެވެ.

އިންވާޑް ރެމިޓެންސް އަކީ ރާއްޖެއިން ބޭރުގެ އެކައުންޓަކުން ރާއްޖޭގެ އެކައުންޓަކަށް ސީދާ ފައިސާ ފޮނުވޭނެ އިންތިޒާމެވެ. އެ ހިދުމަތް ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދޭ އެއް ކުންފުންޏަކީ އެމެރިކާގެ މަލްޓިނޭޝަނަލް ފައިނޭންޝަލް ޓެކްނޮލޮޖީ ކުންފުނި، ޕޭޕަލް އެވެ.

އުރީދޫ ފިންޓެކްއަށް އިންވާޑް ރެމިޓެންސް ލައިސެންސް މި ދޫކުރީ ޕޭޕަލް އާއި އުރީދޫ އާ ދެމެދު ސޮއިކޮށްފައިވާ ޕާޓްނަޝިޕްގެ ދަށުން ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފު ކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

އުރީދޫއިން މަސައްކަތް ކުރަމުން ދަނީ ޕޭޕަލް އާއި އުރީދޫގެ އެމް-ފައިސާ އާ ގުޅުވައިލުމަށެވެ. އުރީދޫ އެޕްގެ ތެރޭގައި އެމް-ފައިސާ އިންނައިރު، ޕޭޕަލް އަންނާނީ އޭގެ ވޮލެޓެއް ގޮތަށެެވެ. ޕޭޕަލް ވޮލެޓުން ރާއްޖެއިން ބޭރަށް އަދި ބޭރުން ރާއްޖެއަށް ވެސް ޑޮލަރުން ފައިސާ ފޮނުވޭނެ އެވެ.

އެމް-ފައިސާގެ ޕޭޕަލް ވޮލެޓަށް ފައިސާ ޖަމާވުމުން އެ ފައިސާ އެމް-ފައިސާގެ ޑޮލަރު ވޮލެޓަށް ފޮނުވޭނެ އެވެ. އެއަށްފަހު އެ ޑޮލަރު ވޮލެޓުން ބީއެމްއެލް އާއި އެމްއައިބީ ފަދަ ބޭންކުތަކަށް ފައިސާ ފޮނުވައިގެން "ކޭޝް އައުޓް" ކޮށް ނަގުދު ފައިސާ ވެސް ނެގޭނެ އެވެ.

އިންވާޑް ރެމިޓެންސް ލައިސެންސް އުރީދޫއަށް ދޫކުރުމަށް އެމްއެމްއޭގައި އިއްޔެ އޮތް ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، ހާލިދު އަލް ހަމާދީ ވިދާޅުވީ އެ ލައިސެންސްގެ ސަބަބުން ޑިޖިޓަލް އިގުތިސާދެއް ބިނާ ކުރުމަށް ކުރަމުންދާ މަސައްކަތަށް އުރީދޫއިން ދޭ އަހަންމިއްޔަތުކަން އިތުރުވެގެންދާނެ ކަމަށެވެ.

ރާއްޖެއަށް ޕޭޕަލް ތައާރަފުވުމާއެކު ފްރީލާންސަރުންނާއި ކުދި ވިޔަފާރިވެރިންގެ އިތުރުން ބައިނަލްއަގުވާމީ އެހީ ހޯދާ ފަރާތްތަކަށް ވެސް އެމްފައިސާ މެދުވެރިކޮށް ފައިސާ ފޮނުވޭނެ މަގު ތަނަވަސް ވާނެ އެވެ.

ދިވެހިރާއްޖެއަށް ބޭރުން ފައިސާ މިހާރު ގެނެވެނީ އިންޓަނޭޝަނަލް ބޭންކެއްގައި އެކައުންޓެއް ހުޅުވައިގެންނެވެ. އެގޮތަށް ފައިސާ ގެންނައިރު، ބޭންކު ޗާޖުގެ ގޮތުގައި ބޮޑު އަދަދެއް އުނިކުރެ އެވެ. ނަމަވެސް ޕޭޕަލްގެ ހިދުމަތް ތައާރަފުވުމާއެކު ބޭރުގެ ބޮޑެތި ވިޔަފާރި ވެބްސައިޓުތަކުގައި ވިޔަފާރި ކުރުމުގެ ފުރުސަތު ވެސް ދިވެހީންނަށް ފަހި ވެގެންދާނެ އެވެ.

މުހިއްމު ބައެއް ހަބަރު