Advertisement

ޑި ޔޯން އިތުރު ހަތަރު އަހަރަށް ބާސެލޯނާގައި މަޑުކުރަނީ

15 އޮކްޓޯބަރު 2025 - 18:06 0


ޑި ޔޯން އިތުރު ހަތަރު އަހަރަށް ބާސެލޯނާގައި މަޑުކުރަނީ

15 އޮކްޓޯބަރު 2025 - 18:06 0

ބާސެލޯނާ (އޮކްޓޫބަރު 15) - ބާސެލޯނާ އަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ގައުމީ ޓީމުގެ މިޑްފީލްޑަރު، ފްރެންކީ ޑި ޔޯން، އިތުރު ހަތަރު އަހަރަށް ބާސެލޯނާގައި މަޑުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނެދަލެންޑްސްގެ ގަދަބާރު، އަޔަކްސް ދޫކޮށް 2019 ވަނަ އަހަރު ޑި ޔޯން ބާސެލޯނާ އަށް ބަދަލުވީ 85 މިލިއަން ޑޮލަރަށެވެ. އެ ފަހަރު ބާސެލޯނާ އަށް ސޮއިކުރަން ޑި ޔޯން ނިންމުމުގެ ކުރިން ވަނީ ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީ އަދި ޔުނައިޓެޑާ ވާހަކަ ދަައްކައިފަ އެވެ.

މިދިޔަ ދެ ސީޒަނުގައި ވެސް ޑި ޔޯން، 28، ބާސެލޯނާ ދޫކޮށްލަން އުޅޭ ކަމުގެ ވާހަަކަތަކެއް ދެކެވުނެވެ. މެންޗެސްޓާ ސިޓީ އާއި ޔުނައިޓެޑާ ގުޅުވައިގެން، ޑި ޔޯންގެ ގިނަ ޓްރާންސްފާގެ އަޑުތަކެއް އެރި ނަމަވެސް، އޭނާ ބާސެލޯނާގައި މަޑުކުރީ އެވެ.

ފާއިތުވި އަހަރު ބާސެލޯނާގެ ކޯޗަކަށް ހަމަޖެއްސި ޖަރުމަނުގެ ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑި ޔޯންއާ އެކު، ބާސެލޯނާ އިން މިހާރު މި ވަނީ އާ ކޮންޓްރެކްޓެއްގެ ވާހަކަތައް ނިންމާލައިފަ އެވެ. އެ ގޮތުން، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، 2029 ގެ ޖޫން މަހުގެ ނިޔަލަށް، ބާސެލޯނާއާ އެކު ޑިޔޯންގެ އެއްބަސްވުން އާ ކުރަން އޮތީ ނިންމައިފަ އެވެ.

ޑި ޔޯން ވަނީ ބާސެލޯނާ އަށް ބަދަލުވި ފަހުން، ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް އަދި ސްޕެނިޝް ސުޕަ ކަޕް ޗެމްޕިއަންކަން ހޯދައިފަ އެވެ. މީގެ ތެރެއިން ސްޕެނިޝް ކަޕް ދެ ފަހަރެއްގެ މަތިން ހޯދާފައިވެ އެވެ.

ބާސެލޯނާ އަށް ކުޅެދިން 269 މެޗުން ޑި ޔޯން ވަނީ އެ ޓީމަށް 19 ގޯލު ޖަހައިދީ 24 ގޯލު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ.