Advertisement

މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު މުރާޖައުކޮށްދެވެން ނެތް ކަމަށް ކޯޓުން ބުނެފި

14 އޮކްޓޯބަރު 2025 - 22:47 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އޮކްޓޯބަރު 3، މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހި ހަ މީހުން: އެ ހަ މީހުންގެ ބަންދަށް ޖަހާފައި ވަނީ 15 ދުވަސް


މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު މުރާޖައުކޮށްދެވެން ނެތް ކަމަށް ކޯޓުން ބުނެފި

14 އޮކްޓޯބަރު 2025 - 22:47 1

އޮކްޓޯބަރު 3، ގައި މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހާފައި ތިބި ހަ މީހުންގެ ބަންދުގެ މުއްދަތު މުރާޖައުކޮށްދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

އެ މީހުންގެ ބަންދު މުރާޖައާކުރަން ހުށަހެޅުމުން، ކޯޓުން އެކަން ނުކޮށްދިނީ "ހާލަތު ބަދަލުނުވާ" ކަމަށް ބުނެ އެވެ.

އެމްޑީޕީގެ ގާނޫނީ ވަކީލު އަހުމަދު މައުރޫފު އަދަދު އާ ވާހަކަދައްކަވަމުން ވިދާޅުވީ، ހައްޔަރުކޮށްފައި ތިބި އެންމެން ވެސް ތަހުގީގަށް އެއްބާރުލުން ދެމުންދާ ކަމަށެވެ.

ބަންދުގެ މުއްދަތު ޖަހާފައިވާ ހަ މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ވެސް ކުރިއަށް ގެންދިޔަ އެވެ. އެ މީހުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފެށީ ގާނޫނާ ހިލާފަށް ބަންދުކުރުމާއި ހަމަހަމަކަމާއެކު އަމަލު ކުރަމުން ނުދާތީ ކަމަށް އެމްޑީޕީގެ ލީގަލް ޓީމުން އޭރު ބުންޏެވެ.

ތަހުގީގު ލަސްކުރުމުގެ އިތުރުން ހައްޔަރުކުރި މީހުންނަށް ބޭސްފަރުވާ ދިނުމުގައި ފުލުހުން ލަސްކުރަމުންދާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ. ބަންދުގައި ހުއްޓާ މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހުގެ އިނގިލި ބިންދާލާފައިވާ ކަމަށް ވެސް ވަކީލުން ބުނެފައިވެ އެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދަށް 15 ދުވަސް ޖެހި މީހުން:

  1. މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު
  2. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ
  3. މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު
  4. އަލީ ޖުމާން
  5. އަޒްމީ އަލީ
  6. ހަސަން ޝާކިރު

މުޒާހަރާގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލީ އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު އާއި މުހައްމަދު ހަލަފު އިބްރާހިމް އެވެ. ހަލަފު ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށް، އަދި ހުއްދަ ހޯދައިގެން ނޫން ގޮތަކަށް މާލޭން ބޭރަށް ނުދެވޭ ގޮތަށެވެ.

މުޒާހަރާގައި އެތައް ހާސް ބަޔަކު ޖަމާވެ، މަޖީދީ މަގުން ހިނގާފައި ދާން ދިމާކުރުމުން، ރަޔަޓު ގިޔަރުގައި ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށް، ޕެޕަ ސްޕްރޭ ޖެހި އެވެ. އަދި ފުރަތަމަ ފަހަރަށް ސޮނިކް ވެޕަން ބޭނުންކުރި އެވެ.