Advertisement

ޔުނިވާސަލްގެ ރިސޯޓްސްގެ ނަން "ވާސާ" އަށް ބަދަލުކޮށް، ރިސޯޓުތައް "ނިވާ" ބްރޭންޑިންއަށް

14 އޮކްޓޯބަރު 2025 - 12:05 0

އަމަން ހަލީމް

އަމަން ހަލީމް

ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓު، ކުރުނބާ މޯލްޑިވްސް: ޔުނިވާސަލް (މިހާރު ވާސާ) އިން މިހާރު ވެސް 10 ރިސޯޓެއް ހިންގާ --- ފޮޓޯ:


ޔުނިވާސަލްގެ ރިސޯޓްސްގެ ނަން "ވާސާ" އަށް ބަދަލުކޮށް، ރިސޯޓުތައް "ނިވާ" ބްރޭންޑިންއަށް

14 އޮކްޓޯބަރު 2025 - 12:05 0

ޔުނިވާސަލް ރިސޯޓުތަކުގެ ހޮޓާ މެނޭޖުކުރާ ވިޔަފާރީގެ ނަން "ވާސާ ހޮސްޕިޓާލިޓީ" އަށް ބަދަލުކޮށް އެ ކުންފުނިން ރާއްޖެ އާއި ޝީޝެލްސްގައި ހިންގަމުން އަންނަ ރިސޯޓުތައް "ނިވާ ހޮޓެލްސް އެންޑް ރިސޯޓްސް" ގެ ގޮތުގައި ރީބްރޭންޑުކޮށްފި އެވެ.

އޭގެ އިތުރުން، ކުންފުނީގެ ސީއީއޯގެ މަގާމަށް ވިޝާ މާހިރު ވަނީ ހަމަޖައްސައިފަ އެވެ

ޓޫރިޒަމް ދާއިރާގެ ހަބަރުތައް ގެނެސްދޭ ހޮސްޕިޓާލިޓީ މޯލްޑިވްސްގައި ލިޔެފައިވާ ގޮތުގައި، މި ރީބްރޭންޑިން ލޯންޗުކުރީ އެ މަޖައްލާއިން އިންތިޒާމުކޮށްގެން ބާއްވާ "ޖީއެމް ފޯރަމް" ގެ ތެރެއިންނެވެ.

ނިވާ ރީބްރެންޑިންގެ ވާހަކަ ދައްކަވަމުން، ޔުނިވާސަލް އެންޓަޕްރައިޒަސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އުމަރު މަނިކު ވިދާޅުވީ، މިއީ ދުނިޔޭގެ ފަތުރުވެރިކަމަށް އަންނަ ބަދަލުތަކާ ފައްތަރުކޮށް، މުޅި އިންޑަސްޓްރީގައި ނަން ހިނގާ، އެންމެ ދަންނަ ބްރޭންޑަކަށް ހަދަން ގެނައި ބަދަލެއް ކަމަށެވެ.

"ވާސާ އަކީ ހަމައެކަނި އާ ނަމެއް ނޫން. އެއީ އަޅުގަނޑުމެންގެ ރިސޯޓް ޕޯޓްފޯލިއޯގެ ފުލް ޕޮޓެންޝަލް އަންލޮކްކޮށް، ކުރިއަށް އޮތް ތަނުގައި ކުރިއެރުމުގެ އުންމީދުތަކަށް ކުންފުނި ޕޮޒިޝަން ކުރުމަށް ސްޓްރެޓެޖިކް ރީޕޮޒިޝަނިންއެއް،" އަހުމަދު އުމަރު މަނިކު ވިދާޅުވި އެވެ.

"ނިވާ" މި ބަސް އުފައްދާފައި ވަނީ "ނަރިޝް" އާއި "ވީވާ" މި ދެ ބަސް އެއްކޮށްލައިގެންނެވެ. މި ބްރޭންޑިންގެ ދަށަށް އަންނަ ޔުނިވާސަލްގެ ރިސޯޓުތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓު ކަމުގައިވާ ކުރުނބާ މޯލްޑިވްސް ވެސް ހިމެނެ އެވެ.

ނިވާ ބްރޭންޑިންގައި ހިމެނޭ ރިސޯޓުތައް

  • ނިވާ ކުރުނބާ
  • ނިވާ ވެލައްސަރު
  • ނިވާ ކުރަމަތި
  • ނިވާ ދިގަލި
  • ނިވާ ލަބްރިޒް (ސީޝެލްސް)
  • ނިވާ އާރިއާ (ޝީޝެލްސް) - ހުޅުވަނީ 2026 ގައި

ޔުނިވާސަލްގެ ދެން ހުރި ރިސޯޓުތައް ހިންގަނީ ވާސާ ކަލެކްޝަނުގެ ދަށުންނެވެ. މިއީ އެއް ބްރޭންޑިންއެއްގެ ބަދަލުގައި އެ ރަަށްރަށުގެ އަމިއްލަވަންތަ ސިފަތަކާއި ތާރީހު ކުރިއަރުވާ ގޮތަށް ހިންގާ ރިސޯޓުތަކެކެވެ. އެއީ ބަރޮސް އާއި، މިލައިދޫ އާއި، ހުވަފެންފުށީގެ އިތުރުން ކަނދޮޅު އެވެ.

ޔުނިވާސަލްއަކީ ދިވެހި ޓޫރިޒަމް ކުންފުނިތަކުގެ ތެރެއިން އެންމެ ދުވަސްވީ، އަދި އެންމެ ކާމިޔާބު އެއް ކުންފުންޏެވެ. މި ކުންފުނި ފާހަގަކުރެވެނީ ދިވެހި ވިޔަފާރިތަކުގެ ތެރެއިން ބޭރު ގައުމުތަކުގައި މަދު ރިސޯޓުތައް ހިންގާ ކުންފުނިތަކުގެ ތެރޭގަ އެވެ.

ޔުނިވާސަލްއަކީ ރިސޯޓުތައް ތަރައްގީކުރުމަށް ފަހު ވިއްކާލުމުގައި ވެސް، ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި ވެ އެވެ. މީގެ ތިން އަހަރު ކުރިން އެ ކުންފުނިން ވަނީ ޑަބަލް ޕްރޮޕަޓީ ޑީލެއްގައި ޑަބްލިޔު މޯލްޑިވްސް އާއި ޝެރަޓަން ފުލްމޫން އެމެރިކާ ކުންފުންޏަކަށް ވިއްކާލާފަ އެވެ.