Advertisement

އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް ހައްޖު ދަތުރެއް ލިބިދާނެ

12 އޮކްޓޯބަރު 2025 - 14:46 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް ހައްޖު ދަތުރެއް ލިބިދާނެ

12 އޮކްޓޯބަރު 2025 - 14:46 0

އުރީދޫ މޯލްޑިވްސްއަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ އޭޕްރިލް މަހުން ފެށިގެން ކުރިއަށްގެންދާ "ލިވް އަންލިމިޓެޑް" ކެމްޕެއިންގެ ދަށުން އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް ހައްޖު ދަތުރު ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެފި އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒް ވިދާޅުވީ ލިވް އަންލިމިޓެޑް ކެމްޕެއިނުގެ އަމާޒަކީ އުރީދުގެ މިހާރުގެ ކަސްޓަމަރުންގެ އިތުރުން އަލަށް ގުޅޭ ކަސްޓަމަރުންގެ ވެސް އަގުވަޒަން ކުރުން ކަމަށެވެ.

"މި ކެމްޕޭނުން ދައްކުވައިދެނީ ޓެކްނޮލޮޖީ އާއި ކަނެކްޓިވިޓީއިން ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަ ކުރުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދެވިދާނެ،" އޭނާ ވިދާޅުވި އެވެ.

ލިވް އަންލިމިޓެޑް ކެމްޕެއިނުގެ ދަށުން އަށް ކަސްޓަމަރަކަށް މިހާތަނަށް އުމްރާ ދަތުރު ލިބިފައިވާއިރު، ކެމްޕެއިނުގެ ބޮޑު އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދެ މީހަކަށް ހައްޖު ދަތުރެކެވެ.

ބައިވެރިވާނެ ގޮތް:

  • މި ޑްރޯގައި ކަސްޓަމަރުން ބައިވެރިވޭނީ 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ތިރީގައި މިވާ ކަންކަން ފުރިހަމަކޮށްގެން.
  • ބިލް ދެއްކުމަށް ނުވަތަ އެޑް-އޮން ކުރުމަށް 250 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޭދަކުރުން.
  • އަލަށް ގުޅޭ ކަސްޓަމަރުން ބިލް ދެއްކުމަށް ނުވަތަ އެޑް-އޮން ކުރުމަށް މަދުވެގެން 400ރ. ހަރަދު ކުރެވޭނެ.
  • އުރީދޫގެ ހިދުމަތް (ކޯލް ނުވަތަ ޑޭޓާ) 30 ދުވަހުގެ ތެރެއިން މަދުވެގެން 25 ދުވަހު ބޭނުންކުރުން.
  • ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަރނެޓް ކަސްޓަމަރުންނަށް މި ޕްރޮމޯގައިބައިވެރިވެވޭނެ.

މި ޑްރޯގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ހުރިހާ ކަސްޓަމަރުން އޮޓަމެޓިކުން ގުރުއަތު ނެގުމަށް ހަމަޖެހިފައިވާއިރު، ކެމްޕެއިން މުއްދަތުގެ ތެރޭގައި ނަސީބުވެރިން ހޮވޭނެ އެވެ.

ކެމްޕެއިނުގެ ދަށުން ކޮންމެ 20 ދުވަހަކު އުމްރާ ދަތުރެއް ލިބޭނެ އެވެ.