Advertisement

ވުހާންގައި ސަބަލެންކާގެ ރެކޯޑް ނިމުމަކަށް

12 އޮކްޓޯބަރު 2025 - 09:47 0


ވުހާންގައި ސަބަލެންކާގެ ރެކޯޑް ނިމުމަކަށް

12 އޮކްޓޯބަރު 2025 - 09:47 0

ވުހާން، ޗައިނާ (އޮކްޓޫބަރު 12) - ޗައިނާގައި ކުރިއަށްދާ ވުހާން އޯޕަން ޓެނިސް މުބާރާތުގައި މޮޅުވުމުގެ ރެކޯޑެއް ދަމަހައްޓަމުން އައި، ދުނިޔޭގެ އެއް ވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ، އަރީނާ ސަބަލެންކާ، މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުން ބަލިވެއްޖެ އެވެ.

މިދިޔަ ތިން އަހަރު ސަބަލެންކާ ވަނީ ވުހާން އޯޕަންގެ އަންހެން ސިންގަލްސް ތަށި ކާމިޔާބުކޮށްފަ އެވެ. އޭނާ ވުހާންގައި ބަލިވެފައި މި ވަނީ 20 މެޗަށް ފަހު އެވެ. އެމެރިކާގެ ޖެސިކާ ޕެގޫލާ އަތުން ސަބަލެންކާ ބަލިވެފައިވާއިރު، މެޗުގެ ސެޓުތައް ދިޔައީ، 2-6 6-4 7-6 (7-2) އިންނެވެ.

ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ސަބަލެންކާ، މި އަހަރުގެ ފުރަތަމަ ދެ ގްރޭންޑް ސްލޭމް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަން ފައިނަލުން ބަލިވި އެވެ އަދި، އޭގެ ފަހުން، ވިމްބަލްޑަން ސެމީ ފައިނަލުން ކަޓައި، ޕްރެޝަރު ހާލަތަކަށް ދިޔައިރު، އެނބުރި އައުން ވަރުގަދަ ކުރީ އަހަރުގެ ފަހު ގްރޭންޑް ސްލޭމް ކަމަށްވާ ޔޫއެސް އޯޕަން ކާމިޔާބު ކޮށްގެންނެވެ.

އެކަމަކު، ކުރިން ރަނގަޅު ރެކޯޑެއް ދަމަހައްޓަމުން އައި ވުހާންގައި ތަށި ނުލިބުމަކީ މާޔޫސްކަމެއްގެ ގޮތުގައި ސަބަލެންކާ ވަނީ ބުނެފަ އެވެ.

ސަބަލެންކާ އަތުން މޮޅުވި މެޗަށް ފަހު، 31 އަހަރުގެ ޕެގޫލާ ބުނީ، މި މެޗުގައި އުނދަގޫވެ، ޕްރެޝަަރަށް ވެއްޓުނު ހާލަތްތަކެއް ދިޔަ ކަމަށާއި އެ ވަގުތުތަކުގައި އޭނާ އަށް ދެއްކުނު ހިތްވަރާ މެދު އަމިއްލަ ނަފްސަށްޓަކައި، ފަހުރުވެރިވާ ކަމަށެވެ. ފައިނަލުގައި ޕެގޫލާ ކުޅޭނީ އެމެރިކާގެ ކޮކޯ ގޯފްއާ ދެކޮޅަށެވެ.