Advertisement

ރޭންޖާސްގެ އޮފާ އަށް ޖެރާޑް ނޫނެކޭ ބުނެފި

12 އޮކްޓޯބަރު 2025 - 08:08 0


ރޭންޖާސްގެ އޮފާ އަށް ޖެރާޑް ނޫނެކޭ ބުނެފި

12 އޮކްޓޯބަރު 2025 - 08:08 0

ގްލާސްގޯ، ސްކޮޓްލެންޑް (އޮކްޓޫބަރު 12) - ސްކޮޓްލެންޑްގެ ކްލަބް ރޭންޖާސްއާ ދެ ވަނަ ފަހަރަށް ހަވާލުވާން ސްޓީވެން ޖެރާޑް އަށް ކުރި އޮފާ ގަބޫލުކުރަން އޭނާ ދެކޮޅު ހަދައިފި އެވެ.

ލިވަޕޫލް ޔޫތު ޓީމުތަކުގައި ވެސް ކޯޗުކަން ކުރި، ޖެރާޑް، ޕްރޮފެޝަނަލް ކޯޗިން ކެރިއަރު ފެށީ، 2018 ވަނަ އަހަރު ސްކޮޓްލެންޑްގެ ރޭންޖާސް އިންނެވެ. އެ ޓީމާ އެކު ސްކޮޓްލެންޑްގެ ޕްރިމިއާ ލީގު ކާމިޔާބުކުރި ޖެރާޑް، ވަނީ 2021 ވަނަ އަހަރު ރޭންޖާސް ދޫކޮށް، އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާއާ ހަވާލުވެފަ އެވެ. އެ ޓީމުގެ ކޯޗުކަމުން، 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވަކިކުރި ޖެރާޑް އަލް އިއްތިފާގުގެ ކޯޗަކަށް ހުރީ އަަހަރަކު، 25 މިލިއަން ޑޮލަރުގެ މުސާރައެއްގަ އެވެ.

މި އަހަރު ޖެނުއަރީން ފެށިގެން އެއްވެސް ޓީމަކާ ހަވާލުނުވެ ހުރި ޖެރާޑް ދާދި ފަހުން ވަނީ އަލުން ރޭންޖާސްއާ ހަވާލުވުމުގެ ޝައުގުވެރިކަން ހުރި މޭރުމަކުން ދާދި ފަހުން ވާހަކަ ދައްކައިފަ އެެވެ. އެކަމަކު، ހުސްވެފައިވާ ރޭންޖާސްގެ ކޯޗުކަން ހުށަހެޅުމުން ޖެރާޑް ނިންމީ އެ އޮފާ ދޫކޮށްލުމަށެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޖެރާޑް އެ ގޮތަށް ނިންމީ މިއީ ރޭންޖާސް އަށް ދިއުން އެންމެ ރަނގަޅު ވަގުތު ކަމަށް ނުފެންނާތީ ކަމަށެވެ.

މިދިޔަ ޖޫން މަހު، ރޭންޖާސްގެ ކޯޗަކަށް ގެނައި ރަސަލް މާޓިން، 17 މެޗަށް ފަހު މަގާމުން ވަކިކުރީ ނަތީޖާތަށް ދަށްވުމުންނެވެ. ރޭންޖާސް މި ވަގުތު އޮތީ ސްކޮޓިޝް ޕްރިމިއާ ލީގުގެ އަށް ވަނައިގަ އެެވެ.