Advertisement

އައްޑޫ ކައުންސިލްތައް ވަކި ކުރާނީތޯ ބަލަން ނަގާ ވޯޓުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށްފި

11 އޮކްޓޯބަރު 2025 - 13:10 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އައްޑޫ ސިޓީ: އެ ސިޓީގެ ބައެއް ރަށްތަކުގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ބަލަން އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ނަގާނީ މި މަހު 25 ގައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އައްޑޫ ކައުންސިލްތައް ވަކި ކުރާނީތޯ ބަލަން ނަގާ ވޯޓުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށްފި

11 އޮކްޓޯބަރު 2025 - 13:10 2

އައްޑޫ ސިޓީ ކައުންސިލް އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ގާއިމު ކުރާނީތޯ ބަލަން ނަގާ އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމު ކުރި ވޯޓާސް ލިސްޓަށް ޝަކުވާއެއް ހުށަހަޅަން އޮތް ނަމަ އެ ޝަކުވާއެއް ހުށަހެޅުމުގެ ސުންގަޑިއަކީ މާދަމާގެ މެންދުރު ފަހު 3:00 އެވެ.

ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެ އެވެ. ޝަކުވާ ހުށަހަޅަންޖެހޭނީ ކޮމިޝަނުގެ އީމެއިލް އެޑްރެސް [email protected] އަށެވެ.

އައްޑޫ ރައްޔިތުންގެ މެދުގައި އާންމު ވޯޓަކަށް އަހަނީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ގުޅޭ ގޮތުންނެވެ.

އޭގެ ތެރެއިން މީދޫ އާއި ހުޅުދޫ ރައްޔިތުންގެ މެދުގައި ދެ ކަމަަކަށް ވޯޓަށް އަހަ އެވެ. އެއީ ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް ގާއިމު ކުރުން ނުވަތަ ދެ ރަށް އެއް ކައުންސިލެއްގެ ދަށުން ހިންގަން ފެނޭތޯ އެވެ.

އައްޑޫ ރައްޔިތުންގެ މެދުގައި ނަގާ ވޯޓު އޮންނާނީ މި މަހު 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނުމުގެ މަސައްކަތް އެ ދުވަހުގެ ވޯޓުލުން ނިމޭތާ 30 މިނެޓު ފަހުން ފަށާނެ އެވެ.

އައްޑޫ ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާ ގުޅޭގޮތުން ވޯޓެއް ނަގަން ކެބިނެޓުން ނިންމީ މިދިޔަ އާދީއްތަ ދުވަހެވެ. އެ ނިންމުން ވަޒީރުންގެ މަޖިލީހުން ނިންމީ އެކަން އެގޮތަށް ކޮށްދިނުމަށް އެދި އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު ރައީސް މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ބުނެ އެވެ.